މޯލްޑިވިއަންގެ ސީ ޕްލޭންގެ ޓެސްޓް ދަތުރު ބާއްވައިފި

މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެސީޕުލޭންގެ ޓެސްޓް ދަތުރު ބާއްވައިފިއެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ ސީޕްލެންގެ ޓެސްޓް ދަތުރުތައް ކާމިޔާބުކަމާ އެކު ބާއްވާފައި ވަނީ މިއަދު 11:30 ގައި ކަމަށެވެ. އަދި އެ ދަތުރުތައް ބާއްވާފައި ވަނީ މާލޭ ސަރަހައްދުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސީޕްލޭންގެ ފުރަތަމަ ދަތުރު އަންނަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ފެށޭނެ ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.

ސީޕުލޭންގެ ދަތުރުތައް ފެށުމާއެކު ކޮންމެ ދުވަހަކު ދެ ދަތުރު ތ. އަތޮޅަށް ކުރަން ހަމަޖެހިފައި ވާ ކަމަށެވެ. އަދި ދަތުރުތައް ފެށުމާއެކު ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ވެސް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު