ކުރީގެ އެސްޓީއޯ ހިންގި އިމާރާތަށް ސިވިލް ކޯޓުގެ ބައެއް މަސައްކަތްތައް ބަދަލުކޮށްފި

ސުޕީރިއާ ކޯޓުތަކަށް ދިމާވެފައި ވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޓަކައި ކުރީގެ އެސްޓީއޯ ހިންގި އިމާރާތް މަރާމާތުކޮށް ނިންމައި އެއިމާރާތަށް ސިވިލްކޯޓުގެ ބައެއް ސެކްޝަންތައް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށްއޮތް ޖުލައި މަހުގެ ތެރޭގައި ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް އެއިމާރާތަށްބަދަލުވެ ކުރެވޭނެކަމަށެވެ. އެއިމާރާތަށް ބަދަލުކުރެވެނީ އެގްރިމެންޓްތައް ރަޖިސްޓްރީ ކުރުމާބެހޭ ސެކްޝަނާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމާބެހޭ ސެކްޝަނާއި އިދާރީ ބައެއް މަސައްކަތްތަކާއި އަދި ޖަސްޓިސް ބިލްޑިންގގައި ކުރިއަށްދާ ޝަރީއަތް ހިންގުމާބެހޭ ބައެއް ސެކްޝަންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އިމާރާތް މަރާމާތުކޮށް ކޯޓުހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ސިވިލްކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އެ މަސައްކަތަކީ ރާއްޖޭގެ ސިވިލް ޖަސްޓިސް ނިޒާމް ހަރުދަނާކޮށް މައްސަލަތައް ހަލުއިކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަނޑައަޅާފައިވާ އެކްޝަންޕްލޭނުގެ ދަށުން ސިވިލްކޯޓުގެ ޚިދުމަތްގެ ފެންވަރު ރަގަނޅު ކުރުމަށްޓަކައި އެކޯޓުން ޑިޕާޓްމަންޓް އޮޕް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު