ޖޭއެސްސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިޚާބުކުރާ ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރުމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް ކުރިމަތިއްލައްވަން ބޭނުންވާ ވަކީލުން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެކަމާ ގުޅޭ ލިޔުންތައް އެ އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ އިންތިޚާބު ބާއްވަން އެޓާނީ ޖެނެރަލްގެ އޮފީހުން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހަށެވެ.

އެ އިންތިޚާބާ ގުޅޭގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި އުސޫލުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންނަށް އެ އިންތިޚާބުގައި ވޯޓު ނުލެވޭނެ ކަމަށް ވަނީ ބަޔާކޮށްފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެއީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި އެ ގާނޫނުގައި އެގޮތަށް ކަނޑައަޅާފައިވާ އެ މާއްދާ ބާތިލް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު