ސިއްހީ ދާއިރާގެ މައްސަލަތައް ބައްލަވައިލެއްވުމަށް ނައިބު ރައީސް ހުވަދުއަތޮޅަށް ވަޑައިގެންފި

ބައެއް ރަށްރަށުގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތަށް ބައްލަވާލައްވައި އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅު ތަކަކީ ކޮބައިތޯ ބައްލަވައިލެއްވުމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހުވަދުއަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ސަން އަށް ވިދާޅުވީ، އެ ދަތުރުފުޅުގައި ނައިބު ރައީސް ގއ. އަދި ގދ. އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރައްކުރައްވައި އެ ރަށްރަށުގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ބައްލަވައިލައްވާނޭ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި މިހާރުންމިހާރަށް ކުރެއްވެން ހުރި ކަންތައްތަކާއި، އެޅުއްވެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވައި، އެ ކަންކަމާ ގުޅޭ ގޮތުން އެ ތަންތަނުގެ އިސް ބޭފުޅުންނާ ނާއިބު ރައީސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އެ ދަތުރުފުޅުގައި ނާއިބް ރައީސް ޒިޔާރަތްކުރައްވާނީ ގދ. ތިނަދޫ އާއި އެއަތޮޅު ފަރެސްމާތޮޑާގެ އިތުރުން ގއ. ވިލިގިއްޔާއި އެއަތޮޅު ގެމަނަފުއްޓަށް ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ހަތަރު ރަށަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު