މޮޒިއްލާއިން އިންޑިއާގައި 25 ޑޮލަރުގެ ސްމާޓްފޯނެއް ވިއްކަން ފަށަނީ

މޮޒިއްލާއިން އިންޑިޔާ އާއި އިންޑޮނީޝައާ ގައި 25 ޑޮލަރަށް ސްމާޓްފޯނެއް ވިއްކަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފިއެވެ.

މަޝްހޫރު ފަޔަފޮކްސް ބްރައުޒަރ ގެ މައި ކުންފުނި ކަމަށްވާ މޮޒިއްލާގެ 25 ޑޮލަރަށް ވިއްކާ ސްމާޓްފޯން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އިންޑިއާގެ ބާޒާރަށް ނެރޭނެކަމަށް އެކުންފުނިން ބުނެފައިވަނީ މިދިޔަ އަންގާރަ ޝާއިއުކުރި ބްލޮގް ޕޯސްޓްއެއްގައެވެ.

މޮޒިއްލާއިން އިންޑިއާއަށް ނެރޭ ސްމާޓްފޯންގައި ހުންނަނީ ޗައިނާގެ “ސްޕްރެޑްޓްރަމް” ކޮމިއުނިކޭޝަންސް އިން ސުފައްދާ ޗިޕްސެޓް އެކެވެ. މި ފޯނު އުފެއްދުމުގެ އަގު ހެޔޮވިނީ މި ޗިޕްސެޓް ގެ ސަބަބުންނެވެ. އަދި ފޯނުގެ އެހެނިހެން ބައިބައި އެކުލަވާކުމަށް އިންޑިއާގެ ދެ ކުންފުންޏެއްކަމަށްވާ ސްޕައިސް އަދި އިންޓެކްސް އާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް މޮޒިއްލާއިން ވަނީ ބުނެފައެވެ.

އާދަޔާހިލާފަށް އަގުހެޔޮ މި ސްމާޓްފޯން ތައާރަފް ކުރުމުގެ އަމާއްޒަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާ ވާދަކޮށް، ސްމާޓްފޯން ބާޒާރުގައި މޮޒިއްލާގެ ފަޔަރ ފޮކްސް އޮޕަރޭޓިން ސިސްޓަމް ގެހިއްސާ އިތުރުކުރުމެވެ. މޮޒިއްލާއިން ބުނާގޮތުގައި އަދުގެ ބާޒާރުގައި ފީޗާ ފޯނެއް (ސްމާޓްފޯނެއްގައި ހުންނަ ކޮމްޕިއުޓިން ބާރު ނުހުންނަ، ނަމަވެސް އިންޓަނެޓް އަށް ވަނުންފަދަ ކަންކަން ކުރެވޭ ފޯނު) ގެ އަގު އުޅެނީ އެވަރެޖްކޮށް 25 ޑޮލަރުގައެވެ. އަދި މޮޒިއްލާގެ ބޭނުމަކީ ފީޗާފޯނު ބޭނުންކުރާ ފަރާތްތައް މޮޒިއްލާގެ ފޯނު ބޭނުންކުރަން ފެށުންކަމަށް އެ ކުންފުނިން ބުންޏެވެ.

“ކުރިއަރަމުން އަންނަ ގައުމުތަކުގެ 1 އެމެރިކާ ޑޮލަރަކީވެސް ވަރަށް ބޮޑުއެއްޗެއް. މިފަދަ ބާޒާރުތަކުގައި 50 ޑޮލަރަށް ވުރެ އަގުބޮޑުކޮށް ސްމާޓް ފޯނު ވިއްކަން އުނދަގޫ،” މޮޒިއްލާގެ ޗީފް އޮޕަރޭޓިން އޮފިސަރ ގޮންގް ލީ ބުނިކަމަށް ވޯލް ސްޓްރީޓް ޖަރނަލްއަށް ގައި ވެއެވެ.

އިންޑިއާގައި މޮބައިލްފޯނު އުފައްދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ މައިކްރޮމެކްސް އިންފޯމެޓިކްސްއިން އުފައްދާ ބައެއް ސްމާޓްފޯނު ތަކައުގައި މޮޒިއްލާގެ ފަޔަރ ފޮކްސް އޮޕަރޭޓިން ސިސްޓަމް އަޅާއިގެން ވިއްކާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ޓައިވާންގެ އެންމެ ބޮޑު މޮބައިލްފޯން އޮޕަރޭޓްރ ޗުންގްވާ ޓެލެކޮމްގެ ފޯނުތަކުގައިވެސް ފަޔަރ ފޮކްސް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރަން ދާދި ފަހުން ވަނީ އެއްބަސްވުމެއްގައި ސޮއެކޮށްފައެވެ.

އެމެރިކާގައި ގާއިމުވެފައިވާ މޮޒިއްލާ ކުންފުނިން ޔޫރަޕް އަދި އެމެރިކާ އާއި ލެޓިން އެމެރިކާގެ ގައުމު ތަކުގައި ގާތްގަނޑަކަށް 70 ޑޮލަރަށް ދޭ ސްމާޓްފޯން މިހާރުވެސް ވިއްކަމުން އެބަ ދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު