ދަރުމަވަންތަ ސްކޫލް ތަޅާލައި އާ އިމާރާތެއް އަޅަން ޖެހުނަސް ތައްޔާރު: މިނިސްޓްރީ

ދަރުމަވަންތަ ސްކޫލް ތަޅާލައި އާ އިމާރާތެއް އަޅަންޖެހުނު ނަމަވެސް ސަރުކާރު އޮތީ އެކަމަށް ތައްޔާރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދަރުމަވަންތަ ސްކޫލުގެ އިމާރާތުގައި ރެނދުލައި، ބާ ވެފައި ވާތީ އެ އިމާރާތުގައި ކިޔަވައި ދިނުމަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ސަން އަށް ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ބެލުމަށް އިންޖީނިއަރުންނާއި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އިންޖީނިއަރުންގެ ރިޕޯޓް އަންނަ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި އިންޖީނިއަރުން ދޭ ލަފަޔަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އިންޖީނިއަރުން އަންގަވާނީ ދެ ކަމެއް ކަމަށް، އޭގެ ތެރެއިން އެއް ކަމަކީ ދަރުމަވަންތަ އިމާރާތުގެ މުއްދަތު ހަމަވެފައޭ އާ އިމާރާތެއް އިމާރާތް ކުރާށޭ، ނުވަތަ އެ އިމާރާތް މަރާތުކޮށްގެން ބޭނުންކުރާށޭ، ދެ ކަމަށް ވެސް އަޅުގަނޑުމެން ތައްޔާރު،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކިޔަވާ ކުދިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް އެ މިނިސްޓްރީ އޮތީ ތައްޔާރަށް ކަމަށެވެ. އެހެންކަމުން ފިޔަވަޅެއް އެޅުމަށް އިންޖިއަރުން އަންގައިފި ނަމަ، އެ އެންގުމެއް އަންގާތާ އެއް ދުވަސް ތެރޭގައި ފިޔަވަޅު އަޅަންފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ކުދިން ތައުލީމު ނުލިބި ތިބެން ނުޖެހޭނެ ކަމަށާއި އެކުދިންނަށް ކިޔަވައިދެވޭނެ ގޮތުގެ ޕްލޭންތައް މިނިސްޓްރީ އިން މިހާރު ހަދާފައިވާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ފާރުތަކުގައި ރެންދުލައިގެން ކިޔަވައިދިނުމަށް ބުރޫ އަރާފައިވާ އިރު "ޓްރޭޑާސް ހޮޓެލް" ހެދި އިރު ވެސް އެފަދަ ގިނަ މައްސަލަތަކެއް ދަރުމަވަންތަ ސުކޫލަށް ވަނީ ދިމާވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު