2015 ގެ ނިޔަލަށް އޯޕަން ސޯސް ސޮފްޓްވެއާތަކަށް ނަގުލުވުމުގެ އަމުރު ރަޝިޔާގެ ބޮޑުވަޒީރު ނެރުއްވައިފި

ދެހާސް ފަނަރަވަނަ އަހަރުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން 'އޯޕަން ސޯސް' ސޮފްޓްވެއަތަކަށް ހިޖުރަކުރުމަށް ރަޝިއާގެ ބޮޑުވަޒީރު ލަޑިމިއާ ޕުޓިން އަމުރު ނެރުއްވައިފި އެވެ.


ފުޓިން ސޮއިކުރަށްވައި ނެރުއްވާފައިވާ، 25 ނުކުތާގެ އަމުރުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން 'އޯޕަން ސޯސް' ނުވަތަ ހިލޭ ލިބޭ ސޮފްޓްވެއާތަކަށް ހިޖުރަކުރާނެ ގޮތުގެ އުސޫލުތައް ވެސް ވަނީ ހިމަނައިފަ އެވެ.


މިގޮތުން ލިނަކްސް ފަދަ ސޮފްޓްވެއާތަކުގެ ވާހަކަ ވަކިން ފާހަގަކޮށްފައި ވެއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް ލާޒިމްކުރާ މި އަމުރު ތަސްދީޤު ކޮށްފައިވަނީ ޑިސެންބަރުމަހުގެ 17 ވަނަ ދުވަހު އެވެ.


ދެހާސް އެގާރަ އިން 2015 އަށް އަމަލު ކުރުމަށް އެކުލަވާލާފައިވާ މި ޕްލޭންގެ ކޮންމެ ނުކުތާއެއް ވެސް، ހިލޭ ލިބޭ ސޮފްޓްވެއާތަކަށް ދިއުމަށް ގިރާކުރަންޖެހޭ ވަކި ޚާއްސަ ހަރުފަތަކަށް އަމާޒުކޮށްފައިވާއިރު، އެކަން ކުރުމަށް ޙަވާލުވެ ޒިންމާ ނަގަން ޖެހޭ މުއައްސަސާތަކާއި، ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތާއި، ޙާސިލްކުރަން ބޭނުންވާ އަދި ނުކުމެދާނެ ކަމަށް ލަފާކުރެވޭ ނަތީޖާތައް ވެސް ވަނީ ބަޔާންކޮށްފައެވެ. މިގޮތުން، ސަރުކާރުގެ އިދާރާތަށް ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ބަލައި، ކަމަށް އެންމެ އެކަށޭނަ ސޮފްޓްވެއާތަކުގެ 'އަސާސީ ޕެކޭޖެއް' ބަންޑެލިކުރުމުގެ ޒިންމާ މުވާޞަލާތީ މިނިސްޓްރީއާ ވަނީ ޙަވާލުކޮށްފަ އެވެ. މިކަމުން ޙާސިލްވާނެ ނަތީޖާއެއްކަމަށް ފާހަގަ ކޮށްފައިވަނީ ކަމަށް އެކަށޭނަ އޮޕަރޭޓިން ސިސްޓަމާއި 'ޑްރައިވާސް' އަދި ސާވާތަކަށް ބޭނުންވާނޭ ސޮފްޓްވެއާ ލިބިގެން ދިއުމެވެ.


މީގެ އިތުރުން އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ބޭނުންކުރާ ސޮފްޓްވެއާތައް އެއްތަނަކަށް ޖަމާކޮށް ބެލެހެއްޓުމާއި، އޮފީސްތަކާއި ޑިޕާޓްމަންޓްތަކުން ވެސް ދުރާލާ ރާވަން އަމާޒުކޮށްފައިވާ ބަޖެޓާއި މިނޫންވެސް ކަންތައްތައް 'އޯޕަން ސޯސް' ސޮފްޓްވެއާތަކާއި ދިމާއަށް މިސްރާބުކުރުން ފަދަ މުހިންމު ފިޔަވަޅުތަށް ފާހަގަކޮށްލެވެ އެވެ.


މީގެ ދެތިން އަހަރު ކުރިން ރަޝިއާއިން ވަނީ 'އޯޕަން ސޯސް' ސޮފްޓްވެއާތަކާއި ދިމާއަށް ދަތުރުފަށައިފައެވެ. އެގޮތުން 2008 ވަނަ އަހަރު ވަނީ ސްކޫލް މަދަރުސާތަކުގައި ބޭނުންކުރާ އެންމެހައި ކޮމްޕިއުޓަރުތަކުގައި 'ހިލޭ ލިބޭ' ސޮފްޓްވެއާ ބޭނުންކުރުމުގެ އަމުރެއް ނެރެފައެވެ. ވުމާއިއެކު 'ޕްރޮޕްރިއޭޓަރީ' (ކުންފުނިތަކުން ވިޔަފާރީގެ ގޮތުގައި ވިއްކުމަށް އުފައްދާ) ސޮފްޓްވެއަރ ބޭނުންކުރަން އެދޭ ނަމަ ސުކޫލްތަކަށް މިހާރު ޖެހިފައިވަނީ އެކަމަށް އަމިއްލަ ޖީބުން ޚަރަދުކުރާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު