ސީރިއާގެ ޖަލެއްގައި ހުކުމް ތަންފީޒުކުރި ދިވެއްސަކު ރާއްޖެ ގެންނަނީ

ސީރިއާގެ ޖަލެއްގައި ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ 2003 ވަނަ އަހަރުން ފެށިގެން ސީރިއާގެ ޖަލެއްގައި ހުކުމް ތަންފީޒު ކޮށްފައި ވަނީ ޅ. ހިންނަވަރު، ކަނދޮޅުމާގޭ، އިބްރާހީމް އަބްދުއްރަހުމާން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ސީރިއާގެ ސިޔާސީ މަސްރަހު އޮތްގޮތުން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެހީތެރިކަން ލިބެންހުރި ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ވީއެންމެ އަވަހަކަށް އޭނާ ރާއްޖެ ގެނެވޭތޯ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު