ހިޔާނާތުގެ ކުށުގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފަކު އަރުވާލަން ހުކުމް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކުން ވެރިފަރާތަށް ނޭނގި ފައިސާ ނެގި އެ ބޭންކުގެ ކުރީގެ މުވައްޒަފަކު ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ހިޔާނާތްތެރިވުމުގެ ކުށުގައި އަރުވާލުމަށް ހުކުމް ކޮށްފައި ވަނީ މއ. އައިޝާ، ނަދާ ވަހީދު އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ބީއެމްއެލްގެ އެސިސްޓެންޓެއްގެ މަގާމުގައި ހުރެ ނަދާ، 2009 ވަނަ އަހަރުގެ ތެރޭގައި މީހެއްގެ އެކައުންޓުން 3،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު