އިންވެސްޓް މޯލްޑިވްސްގެ ނަމުގައި ވެބްސައިޓެއް އިފްތިތާހުކޮށްފި

ރާއްޖޭގައި ތަފާތު ދާއިރާތަކުން އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެކަމާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އިންވެސްޓް މޯލްޑިވްސް ގެ ނަމުގައި ވެބްސައިޓެއް އިފްތިތާހުކޮށްފި އެވެ.

ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި މިއަދު ކުރިއަށްދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި "އިންވެސްޓް މޯލްޑިވްސް" ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެވެ.

އިންވެސްޓް މޯލްޑިވްސް ވެބްސައިޓުގައި، އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާއި، ބޮޑެތި ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ޕޮލިސީއާއި، އެކަމާ ބެހޭ އެންމެހައި ގާނޫނީ މައުލޫމާތާއި، ރާއްޖޭގަައި ވިޔާފާރިކުރާ ބޭރުގެ ފަރާތްރާތްތަކަށް ބޭނުވާ އެންމެހައި މައުލޫމާތުތައް ހިމެނެ އެވެ.

ވެބްސައިޓާ ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ، މިއީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުުގުވެރިވާ ބޭރުގެ ފަރާތްތަކަށް، ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވަަރަށް މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު