ޕީޖީގެ މަގާމަށް މައުމޫން ހަމީދު އައްޔަން ކުރަން ނުފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފި

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު އައްޔަން ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ފާސްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމެޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް މައުމޫން ހަމީދު ދެއްވި ޖަވާބުތަކަށް ބެލުމަށް ފަހު މާކްސް ދިން އިރު މައުމޫން ހަމީދަށް އެކަށީގެންވާ ވަރަށް ޕޮއިންޓު ލިބިފައިނުވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއިއްޒު މަގާމުން އިސްތިއުފާދެއްވުމުންނެވެ.

މުއިއްޒު އިސްތިއުފާ ދެއްވުމާ އެކު ޕީޖީ އޮފީސް ހިންގަވަމުން ގެންދަވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.
--------------------
ނޯޓު: މި ޚަބަރު ކުރިން ރިޕޯޓު ކުރި އިރު މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމި ކަމަށް ސަންގައި ރިޕޯޓު ކުރީ ކޮމެޓީގެ ނާއިބް މުގައްރިރު ދިއްދޫ ދާއިރާގެ މެމްބަރު އަހްމަދު ސަމީރު ދެއްވި މައުލޫމާތުގެ މައްޗަށެވެ. ވީމާ، އެކުށަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު