ފްލައިޓް ހޯދާ ފަރާތްތަކަށް އިތުރު އެއްޗެހިތަކެއް ފެނިއްޖެ

މެލޭޝިއަން އެއާލައިންސްގެ ފްލައިޓް 370 ހޯދުމުގެ މަސައްކަތް ކުރަމުންދާ ބޯޓުތަކަކަށް އިންޑިއާގެ ކަނޑުގެ ދެކުނުގެ އާ ސަރަހައްދަކުން އިތުރު އެއްޗެހިތަކެއް ފެނިއްޖެ އެވެ.

ތިން ހަފްތާގެ ހޯދުންތަކަށް ފަހު އޮސްޓްރޭލިއާގެ އޮތޯރިޓީތަކުން މިހާރު ވަނީ ކަނޑާއި ވައިގެ މަގުން ބޮޑު ބައެއް ހޯދައިފަ އެވެ. އެގޮތުން އިއްޔެގެ ނިޔަލަށް ހޯދާ ޓީމުތަކުން ވަނީ އިންޑިއާ ކަނޑުގެ 1100 ކިލޯ މީޓަރު (685 މައިލްސް) ހޯދައިފަ އެވެ.

އޮސްޓްރޭލިއާ އިން އިއްޔެ ބުނީ، އެ ގައުމުގެ ޕާތުގެ 1850 ކިލޯމީޓަރު (1150 މައިލްސް) އިން އެކި ކުލަ ކުލައިގެ އެއްޗެހިތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ފަރާތްތަކުން ހޯދަމުންދާ އާ ސަރަހައްދަކުން ފެނިފައިވާ އެއްޗެހިތަކެކެވެ.

ނިއު ޒިލެންޑް އެއާފޯސްގެ ފްލައިޓް ލެފްޓިނަންޓް ޖޭމިން ބޭކާ ބުނީ، އެއްޗެހިތައް ފެނުނު އާ ސަރަހައްދު މިހާރު ފާހަގަކޮށްފައި ވާނެ ކަމަށެވެ.

"އަހަރެމެންނަށް އަދި ނޭނގޭ އެއީ ފްލައިޓްގެ ބައިތަކެއް ކަމެއް. މި ސަރަހައްދުން ފެންނަ އެއްޗެހިތަކަކީ ފްލައިޓްގެ ބައިތައް ކަމުގައި ވެދާނެ. އެހެންކަމުން އަހަރެމެން މި ސަރަހައްދު ފާހަގަކޮށް، އެ ސަރަހައްދު އިތުރަށް ބަލާނަން." އޭނާ ބުންޏެވެ.

މާޗު 8 ވަނަ ދުވަހު ވީނުވީ އެއް ނޭނގި ގެއްލުނު ފްލައިޓް 370 ކަނޑަށް ވެއްޓި، އެ ފްލައިޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުން މަރުވެފައިވާ ކަމަށް މެލޭޝިއާ އިން ވަނީ ނިންމައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު