ބިޔަރު ދަޅެއް ބޯން އިންދައި ރިޝީފް ހައްޔަރުކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓުގައި ކުރީގެ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ ބިޔަރު ދަޅެއް ބޯން އިންދައި ހައްޔަރު ކޮށްފި އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި ދަރަވަންދޫ އެއާޕޯޓުގައި ބިޔަރު ބޯން އިންދައި ރިރީޝް ހައްޔަރު ކުރީ ދަރަވަންދޫ އެއާޕޯޓުގެ ވީއައިޕީ ލައުންޖުންގައި ބިޔަރު ދަޅެއް ބޯން އިންދައި މިއަދު ހަވިރު 4:00 ގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުން ބިޔަރު ދަޅަކާއެކު 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

ރިޝީފްއަކީ 2010 ވަނަ އަހަރު ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި މައްސަލަ ރިޝީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ، އޭނާއަށް ވަޒީފާ އަނބުރައި ދިނުމަށް ހުކުމްކޮށްފަ އެވެ. އެހެން ނަމަވެސް، ދައުލަތުގެ ފަރާތުންވަނީ ހައިކޯޓުގެ އެ ހުކުމް، ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ފުލުހުން ބުނީ، ދަރަވަންދޫ އެއާޕޯޓުގައި ބިޔަރުބޯން ހުއްޓައި ފުލުހުން ހައްޔަރުކުރި މީހާ، މިހާރު ހުރީ ދަރަވަންދޫގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު