ގިރިއަކަށް އަރައި އަޑިއަށް ދިޔަ ދޯންޏެއްގައި ތިބި ފަސް މީހަކު ސަލާމަތްކޮށްފި

މ. އަތޮޅުގައި އޮންނަ ގިރިއަކަށް އަރައި އަޑިޔަށް ދިޔަ ދޯންޏެއްގެ ފަޅުވެރިން ފުލުހުންނާއި ސިފައިން ގުޅިގެން ސަލާމަތްކޮށްފި އެވެ.

މިރޭ 8:30 ހާއިރު ހިނގި އެ ހާދިސާގައި މ. އަތޮޅު ފެންބޯ ފިނޮޅު ނަމަކަށް ކިޔާ ގިރިއަށް އަރާފައި ވަނީ ލަނޑާ ނެގުމުގެ މަސައްކަތްކުރަމުންދާ ރަތްމަންދޫ ދޯންޏެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝާލް ވިދާޅުވީ، އެ ދޯނި ގިރިއަށް އެރި ވަގުތު އެ ދޯނީގައި ހަތަރު ދިވެހިންނާއި ބިދޭސީއަކު ތިބި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ.

ގިރިއަށް އެރުމުގެ ސަބަބުން އެ ދޯނި އަޑިއަށް ގޮސްފައިވާއިރު ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް ފުލުހުންނާއި ސިފައިން މިހާރު އެދޯނި ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު