ސްކޫލް ކުދިންނަށް ހާއްސަ ޓެބްލެޓެއް ތައާރަފުކޮށްފި

ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ޒެމްބިއަން ކޮމްޕުއުޓާ ޓެބްލެޓެއް ތައާރަފްކޮށްފި އެވެ. ޒެޑޫ ޓެބްގެ ނަމުގައި ނެރުނު ޓެބްލެޓްގައި ޒެމްބިއާގެ ގިނަ މައުލޫމާތުތަކެއް ހިމެނެ އެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ޓެކްނޮލެޖީ ސްޕެޝަލިސްޓް މާކް ބެނެޓް ތައްޔާރު ކުރި ޓެބްލެޓްގައި ޕްރައިމަރީ ސްކޫލް ކުދިންނަށް ހާއްސަ ފިލާވަޅުތަކެއް ހިމެނެ އެވެ. މި ޓެބްލެޓްގައި އިނގިރޭސި ބަހުގެ އިތުރުން ހިސާބުގެ މާއްދާ އިން ބޭނުންވާ މަޢުލޫމާތު ވެސް ހިމެނެ އެވެ.

"މިކަހަލަ ޓެކްނޮލޮޖީއެއް ބޭނުންވާކަން ވަރަށް ސާފުކޮށް އެނގޭ. ސައުތް އެފްރިކާ އަށް ޓެބްލެޓް ޓެކްނޮލޮޖީ މި ތައާރަފް ކުރެވުނީ ގިނަ ދުވަސްތަކަކަށް ފަހު." ބެނެޓް ބުންޏެވެ.

ބްރިޓިސް އެއިޑް ޕްރޮގްރާމެއްގެ ދަށުން މީގެ ތިރީސް އަހަރު ކުރިން ޒެމްބިއާ އަށް ޒިޔާރަތްކުރި ބެނެޓް އަކީ އެގައުމުގެ ނެޝަނަލް ޔުނިވާސިޓީގެ ކޮމްޕިއުޓާ ޑިޕާޓްމަންޓްގައި މަސައްކަތްކޮށްފައިވާ މީހެކެވެ. މި ޓެބްލެޓް ތައްޔާރުކުރުމަށް ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށް ބެނެޓް ބުނެފައިވެ އެވެ.

"ޓެބްލެޓުން ބޮޑެތި ގިނަ ކަންތައްތަކެއް ކުރެވޭނެ." ބެނެޓް ބުންޏެވެ. "މިހާތަނަށް އަހަރެމެން މިކަމަށް ފަސް މިލިއަން ޑޮލަރު ހޭދަކޮށްދިން. އަހަރެމެންގެ މަގްސަދަކީ ތަމްރީން ނެތް ޓީޗަރުންނަށް މި ޓެބްލެޓް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރުން. މި ޓެބްލެޓަކީ އެފްރިކާ އަށް ހާއްސަވާނެ ޓެބްލެޓެއް."

ޒެމްބިއަން ޓެބްލެޓްގައި ޒެމްބިއާގެ ތަފާތު އަށް ބަސް އަދި ބާރަ ހާސް ފިލާވަޅު ވެސް ހިމެނެ އެވެ. ސްކޫލް ކުދިންނަށް އީމެއިލްގެ ބޭނުން ހިފޭ މި ޓެބްލެޓަކީ ޒެމްބިއާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހުއްދައާ އެކު ނެރެފައިވާ ޓެބްލެޓެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު