ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޯދުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގައްދޫ ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާދަމާ ހަވީރު 4:00 އިންފެށިގެން ރޭގަނޑު 10:00އާ ހަމައަށް ކަމަށެވެ.
ގައްދޫ ދާއިރާގެ ޕްރައިމަރީގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 12:00އާ ހަމައަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމުން ބުނީ ގައްދޫ ދާއިރާގެ އިތުރުން ގަމު ދާއިރާ އާއި އިސްދޫ ދާއިރާ އާއި މާވަށު ދާއިރާ އާއި ފުވައްމުލަކު އުތުރާއި ފޭދޫ ދާއިރާގެ އިތުރުން މަޑުއްވަރީ ދާއިރާގެ ޕްރައިމަރީ ވެސް މާދަމާ އޮންނާނެ ކަމަށެވެ.