އިހަވަންދޫ ދާއިރާގެ ވޯޓު ފޮށި ހުޅުވައި ނަތީޖާ ޝީޓު ހޯދައިފި

ގެއްލިގެން ހޯދަމުން ދިޔަ ހއ. އިހަވަންދޫ ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ޝީޓު ފެނިއްޖެ އެވެ.

އެ ފޮށީގެ ނަތީޖާ ޝީޓް ފެނިފައި ވަނީ ވޯޓު ކަރުދާސްތައް ބަންދުކޮށްފައިވާ ސެކިއުރިޓީ އުރަތެރެއިންނެވެ.

އިހަވަންދޫ ދާއިރާގެ ދެ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ޝީޓު ފެނޭތޯ ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނީޓަރުންގެ ހާޒިރުގައި އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާގައި މިރޭ ވަނީ ވޯޓު ފޮށި އަލުން ކަނޑާފަ އެވެ.

އެ ފޮއްޓަށް ވޯޓުލީ ކަރުދާސްތައް އަޅާފައިވާ ސެކިއުރިޓީ އުރަތައް ކަނޑައި ބެލިއިރު ގެއްލިގެން ހޯދި ނަތީޖާ ޝީޓާއި ވޯޓު ކަރުދާސް ގުނާ ކަރުދާހުގެ އަސްލު ވަނީ ފެނިފަ އެވެ.

ނަތީޖާ ޝީޓާއި ވޯޓު ކަރުދާސް ގުނައި ކަރުދާހުގެ އަސްލު ފެނުމާއެކު ކަރުދާސްތައް ނެގުމަށް ފަހު ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން ވޯޓު ކަރުދާސްތައް ވަނީ އަލުން އެހެން ސިޓީ އުރައަކަށް ލައި ބަންދުކޮށްފަ އެވެ. އެ ސިޓީ އުރައިގެ ތެރެއަށް ކުރިން ބޭނުން ކުރި ސިޓީއުރަ ވެސް ވަނީ ލާފަ އެވެ.

ތާޖުއްދީން ސްކޫލުގައި ބެހެއްޓި އެ ފޮއްޓަށް ވޮޓުލާފައި ވަނީ ހއ. އިހަވަންދޫ އާއި މޮޅަދޫގެ އިތުރުން މާރަންދޫގެ ރައްޔިތުންނެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލުމުން އެއްވެސް ފަރާތަކުން ސުވާލެއް ކޮށްފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު