ގަމަށް ގެންދިޔަތާ ހަތަރު މަސް ނުވާ ކާރެއްގައި ރޯކޮށް އަންދާލައިފި

ގަނެގެން ލ. ގަމަށް ގެންދިޔަތާ ހަތަރު މަސް ނުވާ އާ ކާރެއްގައި ރޯކޮށްލައި އަންދާލައިފި އެވެ.

ގަމުން "ސަން" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ރަށު ތުނޑީއަށު ކަނޑުރޯޅި ގޭގެ ގަރާޖުގައި އޮވަށްވައި ރޯކޮށް އަންދާލައިފައި ވަނީ "މާޗް" ބުރޭންޑްގެ ވަރަށް އާ ކާރެއް ކަމަށެވެ. އެކާރުގައި ރޯކޮށްލާފައި ވަނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި އަލިފާން ރޯކޮށްލުމުގެ ސަބަބުން މުޅި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެކާރަކީ ބްރޭންޑް ނިއު ކާރެއް. އެކާރު މިރަށަށް ގެނައިތާ ވާނީ އަދި ހަތަރު މަސް، އެކާރަކީ އެމީހުން ފެމެލީ ކާރެއްގެ ގޮތުގައި ގެންގުޅޭ ޕްރައިވެޓް ކާރެއް،" ގަމުން ސަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އޭނާ ބުނީ އެ ކާރަކީ އެ ރަށުގައި ދިރިއުޅޭ މާލެ މީހެއްގެ ކާރެއް ކަމަށެވެ. އަދި ކާރުގެ ވެރިފަރާތަކީ އެރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކާރު ރޯކޮށްލި މައްސަލާގައި ކާރުގެ ވެރިފަރާތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާރުގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު