ދިއްފުށީ ސްކޫލް މަރާމާތު ކުރުމަށް ޗައިނާ ސަރުކާރުން އެހީވެދެނީ

ކ. ދިއްފުށީ ސްކޫލްގައި މިދިޔަ އަންގާރަ ދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލްގެ ބޮޑުބައެއް އަނދައި ހުލިވެފައިވާތީ އެތަން އަލުން މަރާމާތުކުރުމަށް ޗައިނާ ސަރުކާރުން އެހީދޭން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ސަބަބުން ދިއްފުށީ ސްކޫލަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދޭވަރުގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ދެއްވާފައިވާ ކަމަށެވެ.

"ޗައިނާ ސަރުކާރުން މިވަނީ، ދިއްފުށީ ސްކޫލަށް ލިބުނު ގެއްލުންތައް ފޫބައްދައި ދެއްވާނޭ ކަމުގެ ޔަގީންކަން މިއަދު ދިވެހި ސަރުކާރަށް ދެއްވާފައި،" މުއާޒު ވިދާޅުވި އެވެ.

ދިއްފުށީ ސްކޫލްގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ލައިބްރަރީ އާއި ކޮމްޕިއުޓަރު ލެބުގެ އިތުރުން ޕްރިންޓިން ރޫމާއި ގުދަން ހުންނަ ދެ އިމާރާތްވެސް ވަނީ އަލިފާން ރޯވެ އަނދައިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ސްކޫލުގެ ވޮޗަރަކަށް ހުރި މީހާއާ ހަވާލާދީ ދިއްފުށީ ކައުންސިލުން ބުނީ ހާދިސާ ހިނގާފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ޔަގީން ކުރެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު