ޗިޓު ހަވާލުނުކުރެވިގެން މެމްބަރު މޯޑުގެ ޝަރީއަތް ކެންސަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދު 1:00 އަށް ޝެޑިއުލްކުރި އެ މައްސަލައިގެ ޝަރީއަތް ކެންސަލްކޮށްފައި ވަނީ އޭނާއަށް ޗިޓް ހަވާލުނުކުރެވޭތީ ކަމަށެވެ.

މޯޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާއި ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ދައުވާގައި ބުނެފައި ވަނީ އެގޮތަށް އިންޒާރުދިނުމަށް ފަހު ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ) އާއި (ކ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ)ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ކަމެއް ކުރުން ނުވަތަ ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމުން ވިޔަސް ދިނުމަކީ ޓެރަޒިރަމްގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ދައުވާ އަށް ޖަވާބުދާރީވާން ފުރުސަތު އެރުވުމުން ހުރިހާ ލިޔުންތައް ނުލިބެނީސް ދައުވާ އަށް ޖަވާބުދާރީނުވާނެ ކަމަށް މޯޑު ވިދާޅުވުމުން އޭނާ ދައުވާ އަށް އިންކާރު ކުރެއްވީ ކަމަށް ބަލައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ.

މޯޑުގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 26 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލުހުންނާއި ސިފައިންގެ 17 މީހަކާއި އާންމުންގެ ދެ މީހަކާއި ސިއްރުން ހެކިބަސްދޭ ހަތް މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް

comment ހެޔޮބަސް

1 decade 1 year ago

އެއުޅެނީ ވެރިކަން ލިބުމުން ޝަރީޢަތް ތަށް އޮއްބާ ލަން ވެގެން ނެވެ..

comment އާމިރު

1 decade 1 year ago

އެން ޑީޕީއަށް ސަރުކާރު ލިބޭތޯ ހިފަހައްޓާލަނީ ދޯ. ގާނޫނާ ގަވައިދު މުގުރާ ހަލާކު ކުރާ މީހުން ހައްތާވެސް. ތިކަލޭގެ ވެސް ޝާހިދުގެ ގެސްޓްހައުސް އެންޑް ސްޕާ، މަޖިލިސް ކުރާގެއިން ކޮޓަރިއެއް ދިގުމުއްދަތަށް ހިފާނެކަމަށް ބެލެވޭ. ކެކެކެެ

comment އަބުރަމީން

1 decade 1 year ago

ތިދެން އަޖައިބެންނު ހަމަހުރިތާކައް ގޮއްސް ހަވާލު ކުރީމަ ނިމުމީއެވެ. ތީދެންބޮޑުކަމެއްނު

comment ޒާ

1 decade 1 year ago

ައަނެއްކާ މީނާއަށްވެސް މަޖިލީހުގެ ތަޅުމުގައި ޝާހިދު ތަންމަތި އަޅުއްވައި ދެއްވީދޯ؟

comment ކޮކާ

1 decade 1 year ago

ކުށްވެރިންނަށް ޗިޓް ރައްދު ކުރަން އެންމެ ފަސޭހަވާނީ ޝާހިދާ ހަވާލު ކުރުމުން.

comment މުހައްމާ

1 decade 1 year ago

މޯޑްހާސްނުވާތި ރައްޔިތުންގެ މަޖިލިސްގެ ރައީސްކޮޓަރި ކޮޅުގައި ދެއާއިލާއަށް އުޅެވޭނެ ޖާގައޮންނާނެ ހާމިދުގޮތަށް އެތަނަށް މޯޑްވެސްދާނީ އެންނޫމީ އިމްތިޔާޒު ފަހްމީލައްވާ ޓެރަރިޒަމާ ބެހޭ ޤާނޫނު އުވާލަން މަޖްލީހަށް ބިލެއްލާންނީ މޯޑްމެން ޕާޓީގެމީހުންނަކީ މަރުވާނެ ބައެއްވެސްނޫނެއްނު އަދި ޕާޓީގެ ރޫހާނީލީޑަރަކީ ހެއްދެވި ފަރާތްޤަބޫލު ކުރާމީހެއްވެސްނޫން މޯޑްއާ ދެކޮޅަށް އަހަރެންވެސް ހެކިބަސްދޭނަން އެއީ މޯޑްހުރިހާ ކަމެއްކުރީ އަހަރެންގެ ކުރިމަތީގައި އޯކޭ

ގުޅޭ ޚަބަރު
ގުޅޭ ޓެގު