ބީޖީ ސްޕޯޓްސުން ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން އެޓީމު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕްރެޒިޑެންޓް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ސެމީފައިނަލްގެ ދެވަނަ މެޗުގައި 3-2 އޭވައިއެލް އަތުން މޮޅުވި ބީޖީއަށް ރޭގެ މެޗުގެ ކުރި ހޯދައި ދިނީ 43 ވަނަ މިނިޓުގައި އެޓީމުގެ މިޑްފީލްޑަރު ސޮލާހު އެވެ.
ދެވަނަ ހާފްގެ ކުޅުން 1-0 ލަނޑުން ކުރީގައި އޮވެ ފެށި ބީޖީއަށް މެޗު ކާމިޔާބުކުރެވިދާނެ ކަމަށް ބެލިނަމަވެސް މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނިޓުގައި އެ ޓީމުގެ އަހްމަދު މުހައްމަދު (އައްމަޑޭ) ކާމިޔާބު ކުރި ލަނޑުންނެވެ. އަދި އޭގެ މިނިޓެއް ފަހުން މާޒިޔާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ގައުމީ ޓީމުގެ ހުނަރުވެރި ފޯވާޑު އަސަދުﷲ އަބްދުﷲ އެވެ.
ޕްރެޒިޑެންޓް ކަޕްގެ ފައިނަލް މެޗުގައި މިމަހުގެ 23 ވަނަ ދުވަހުގެ ރޭ މާޒިޔާ ވާދަކުރަން ޖެހޭނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ.