ސަރުކާރުން ކަރަންޓް ބިލްތަކަށް ދައްކަން އޮތް އަދަދު 222 މިލިއަން ރުފިޔާ އަށް ދަށްވެއްޖެ

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކުން ކަރަންޓް ބިލްތަކަށް ނުދައްކައި އޮތް 281 މިލިއަން ރުފިޔާގެ ތެރެއިން 59 މިލިއަން ރުފިޔާ ދައްކައި އެ އަދަދު 222 މިލިއަން ރުފިޔާ އަށް ކުޑަވެއްޖެ އެވެ.

ސުޓެލްކޯގެ މީޑިއާ އޮފިޝަން އަބުދުއްﷲ ނާޒިރު މިއަދު "ސަން" އަށް ވިދާޅުވީ އެހެން ފަހަރުތަކާއި ހިލާފަށް ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ މުއައްސަސާތަކުގެ ކަރަންޓް ބިލްތައް ދެއްކުމަށް ވަރަށް ބޮޑު ފަރުވާތެރިކަމެއް ބަހައްޓާ ކަމަށެވެ. އެގޮތުން މި އަހަރު ޖޫން މަހުގެ ނިޔަލަށް 281 މިލިއަން ރުފިޔާ ބިލްތަކަށް ނުދައްކައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރަނގަޅަށް ފިނޭންސް މިނިސްޓްރީ އިން ދަނީ ބިލްތަކަށް ފައިސާ ދައްކަމުން، އެކަމުގެ ހެއްކަކީ އިތުރުނުވެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުންދާތީ" ނާޒިރު ވިދާޅުވި އެވެ.

ނާޒިރު ވިދާޅުވީ ބިލްތަކަށް ފައިސާ ނުދައްކާ ހުރި އިދާރާތަކުގެ ތެރޭގައި އެންސުޕާ އާއި ސިޓީ ކައުންސިލްއާއި އައިޖީއެމްއެޗްގެ އިތުރުން މާލޭގައި ހުރި ދައުލަތުގެ އެކިއެކި މުއައްސަސާތައް ހިމެނޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު