އަޅުގަނޑު ދެ ވަނަ އަށް ދިޔަ ނަމަވެސް ވޯޓް އަލުން ގުނާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓް ދެ ވަނަ އަށް ގޮސް، ތިން ވަނަ އަށް ދިޔަ ޕާޓީ އިން ވޯޓާ ގުޅޭގޮތުން ސުވާލު އުފެއްދި ނަމަވެސް އަލުން ވޯޓް ގުނަން ގޮވާލެއްވީސް ކަމަށް ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުރެއްވި ގާސިމު އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަމުން އެ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އިންތިހާބާ ބެހޭ ގޮތުން ހުރި ޝަކުވާތައް ނައްތާލުމަށް އަލުން ވޯޓު ގުނުމަށް އެމްޑީޕީ އާއި އިލެކްޝަންސް ކޮމިޝަނުން އިއުތިރާޒު ކުރާ ސަބަބު ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އެބޭފުޅުން އިއުލާންކުރި އިރު އެއްވަނާގައި ނުވަތަ ދެ ވަނާގައި އޮތް ނަމަ އަޅުގަނޑުގެ ފަހަތުގައި ތިބި މީހުން ތިން ވޯޓްގެ ޝައްކެއް އޮވެގެން ގުނާށޭ ބުނި ނަމަވެސް އަޅުގަނޑު ބުނާނަން ފުރަތަމަ ވެސް ގުނާށޭ،" ގާސިމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެ ގާސިމް ވިދާޅުވީ ވޯޓާސް ލިސްޓް ދެއްކުމަށް ހައި ކޯޓުން އަމުރުކުރުމުން ވެސް ތަފާތު ސަބަބުތައް ދެއްކުމަށް ފަހު އިލެކްޝަނުން ފުރުސަތުދިނީ ދެ ގަޑިއިރު ތެރޭގައި ދެ މީހަކަށް 470 ލިސްޓް ބެލުމަށް ކަމަށާއި އެއީ ވާނެކަމެއް ކަމަށް ސިކުނޑި ގަބޫލު ނުކުރާ ކަމަށެވެ.

ގާސިމްގެ ވާހަކަގައި ވަނީ ވޯޓު އޮޅުވާލި ކަމަށް ބޮޑެތި ތުހުމަތުތަކެއްކޮށް އިލެކްޝަންސް ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރުއީ ހުރިހާ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު