ކުރިއަށް އޮތް 24 ގަޑި އިރުތެރޭގައި މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުތެރޭ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތްދެ އެވެ.

މެޓް އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިޔަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި އަދި އެހެން ހިސާބްތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިޔަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް އެކަށީގެންވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ މިދުވަސް ވަރަކީ ރާއްޖެ އަށް މޫސުން ގޯސް އަދި ކަނޑުގަދަ ދުވަސް ވަރަކަށްވާތީ ހާއްސަކޮށް މެދުރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މިގޮތުން ރޭގަނޑު ދަތުރު ކުރައްވާ ނަމަ މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމާއި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރުނުކުރެއްވުމާއި ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުން ހިމެނެ އެވެ. އަދި ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި އަދި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ." އެމްއެންޑީއެފްއިން ބުންޏެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާތީ މޫސުމް ގޯސްވުމާ އެކު ކޮންމެ ފަހަރަކު ވެސް ނުރައްކާތެރި ގިނަ ހާދިސާތައް ހިނގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު