ކުރީގެ ގޮތަށް ވަކި ބަޔަކު މުއްސަނދި ވެގެން ދާތަން ބަލަން ރައްޔިތުން ބޭނުންނުވޭ: ޑރ. މުސްތަފާ

ކުރިން ވެރިކަން ކުރި ގޮތަށް ވެރިކަންކޮށް ވަކި ބަޔަކު މުއްސަނދި ވެގެން ދާތަން ބަލަން ރައްޔިތުން ބޭނުންނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ގަލޮޅު އުތުރު ކަންމަތީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ވިދާޅުވީ ދިވެހި ރައްޔިތުން އަބަދުވެސް އެދެނީ އުފާވެރި ޒަމާނެއް ދެކުމަށް ކަމަށާއި ކުރިން ވެރިކަން ކުރި ގޮތަށް ވެރިކަންކޮށް ވަކި ބަޔަކު މުއްސަނދި ވެގެން ދާތަން ބަލަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ކުރިއަށް ދާގޮތުން އިދިކޮޅު ފަރާތްތަކަށް އިންތިހާބު ކާމިޔާބުކުރާނީ އެމްޑީޕީކަން ޔަގީންވާތީ އެކަމާއި ބިރުގެންފައިވާ ކަމަށެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީ އިން ކުރާ މަސައްކަތް ހުއްޓާނުލާނޭ ކަމަށާއި ކިތަންމެ ވަރަކަށް "ތަޅާކުދިކުދި ކުރިޔަސް" ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމުގެ މަތިވެރި މަގްސަދުގައި އަނެއްކާ ވެސް ހަމަ ތެދުވާނޭކަމަށް ވިދާޅުވި އެވެ.

ޑރ. މުސްތަފާ ވިދާޅުވެފައި ވަނީ އެމަނިކުފާނު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުން ރައްޔިތުންގެ ތާާއީދު ޮއޮތް ކަމަށާއި އެކަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ފެނިގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު