ޕިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013:
ކަލާފާނު އަތުން މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ މުހިއްދީނަށް

ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ދެވަނަ ސެމީ ފައިނަލްގައި 87 ލަނޑުން ކަލާފާނު ސްކޫލް އަތުން މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ މުހިއްދީން ސްކޫލް ހޯދައިފި އެވެ.

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފައިނަލްގައި މުހިއްދީނާ ވާދަ ކުރާނީ އިސްކަންދަރު ސްކޫލް އެވެ.

މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން، ކަލާފާން ސްކޫލް ގަސްދުކުރީ ހޮވާށެވެ. މުހިއްދީން ކުޅެންއަރައި 20 އޯވަރުގެތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 156 ލަނޑުހެދިި އެވެ. ޖަވާބުގައި ކުޅެންއަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ކަލާފާނަށް ހެދުނީ، އެންމެ 69 ލަނޑެވެ.

އެ މެޗުގައި މުހިއްދީނުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 42 ލަނޑުހެދި ނުވާޒް އެވެ. ކަލާފާން ސްކޫލުން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރު 10 ލަނޑަށް ދެ ވިކެޓުނެގި އިމްތިސާލް އެވެ. އަދި އެ މެޗުގައި މުހިއްދީނުން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރު 14 ލަނޑަށް ދެ ވިކެޓުނެގި އާދަމް ނާސިފް އެވެ.

ސްކޫލް ކްރިކެޓް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މާދަމާ މެންދުރު ފަހު 2:00ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު