ފިލިޕްސް ސްކޫލް ކްރިކެޓް ލީގް 2013:
ދަރުމަވަންތަ ބަލިކޮށް އިސްކަންދަރު ފައިނަލަށް

ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފުރަތަމަ ސެމީ ފައިނަލްގައި 39 ލަނަޑުން ދަރުމަވަންތަ ސްކޫލް ބަލިކޮށް އިސްކަންދަރު ސްކޫލް މުބާރާތުގެ ފަނަލުން ޖާގަ ހޯދައިފި އެވެ.

މިއަދުގެ މެޗުގައި ޓޮސް ދިމާވުމުން ދަރުމަވަންތަ ގަސްދުކުރީ ހޮވާށެވެ. އިސްކަންދަރު ސްކޫލް ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 144 ލަނޑުހެދި އެވެ. ޖަވާބުގައި ކުޅެންއަރައި 6 ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ދަރުމަވަންތައަށް ހެދުނީ 105 ލަނޑެވެ.

ސެމީފައިނަލްގައި އިސްކަންދަރުން އެންމެ ރަގަޅަށް ކުޅުނީ ނުބައި ނުވެ 50 ލަނޑުހެދި ޔޫސުފް އަޒިޔާންއާއި 40 ލަނޑުހެދި ތުސާރު އެވެ. އެ އިނިންގްސްގައި، ދަރުމަވަންތަ ސްކޫލުން ވިކެޓްނެގީ އަހުސަމްއާއި ފާރިހް އެވެ.

އެ މެޗުގައި ދަރުވަންތަ ސްކޫލުން އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 58 ލަނޑުހެދި އަލީ ސުނާން އެވެ. އަދި އިސްކަންދަރުން އެންމެ ރަގަޅަށް އުކީ 27 ލަނޑަށް ތިން ވިކެޓް ނެގި އަޒިޔާން އެވެ. އަދި މެޗުގެ މޮޅުކުޅުންތެރިޔާއަށްވެސް ހޮވުނީ އަޒިޔާން އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު