ސްކޫލް ކްރިކެޓް ލީގު 2013:
ކަލާފާނު އަތުން ޣިޔާސުއްދީން ބަލިވެއްޖެ

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ހަތް ވަނަ މެޗުގައި ކަލާފާނު ސްކޫލާ ވާދަކޮށް 10 ލަނޑުގެ ތަފާތުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ބަލިވެއްޖެ އެވެ.

މިއަދުގެ މެޗު ކުޅެން އޮތް ގަޑީގައި، މޫސުމް ތަން ނުދިނުމުގެ ސަބަބުން އަމްޕަޔަރުން ނިންމީ މެޗުގައި 10 އޯވަރު ކުޅޭގޮތަށެވެ. އެގޮތުން ޣިޔާސުއްދީނަށް ޓޮށް ދިމާވުމުން ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ހުރިހާކުޅުންތެރިން ނުބައިވެގެން ހެދުނީ 25 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި ކަލާފާނުން ވަނީ، ހަ އޯވަރު ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 29 ލަނޑު ހަދާފަ އެވެ.

މިއަދުގެ މެޗުގައި ޣިޔާސުއްދީނުން އެންމެ ރަނގަޅަށް ކުޅުނީ، ހަތް ލަނޑު ހެދި އާސިފް އެވެ. އަދި ކަލާފާން ސްކޫލުން އެންމެ ރަގަޅަށް އުކީ ދެ އޯވަރުގެ ތެރޭގައި ހަ ލަނޑަށް ހަތަރު ވިކެޓްނެގި ނަޒުވާން އެވެ. މެޗުގައި ކަލާފާނުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ 16 ލަނޑު ހެދި މިޒްދާން އެވެ.

ސްކޫލް ކްރިކެޓް ލީގުގައި މާދަމާގެ ކުޅެން ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ކަލާފާން ސްކޫލާއި ޖަމާލުއްދީން ސްކޫލް އެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ 2:30ގަ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު