ސްކޫލް ކްރިކެޓް ލީގު 2013:
ތާޖުއްދީން އަތުން ދަރުމަވަންތަ މޮޅުވެއްޖެ

ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ފިލިޕްސް ސްކޫލް ކްރިކެޓް ލީގު 2013ގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލް ބައްދަލުކުރި މެޗު ނުވަ ވިކެޓުން ދަރުމަވަންތަ، މެޗު ކާމިޔާބުކޮށްފި އެވެ.

ޓޮސް ދިމާވުމުން ތާޖުއްދީން ކުޅެންއަރައި 13 އޯވަރުގެ ތެރޭގައި ހުރިހާކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 32 ލަނެޑެވެ. ޖަވާބުގައި ޖަވާބުގައި ކުޅެންއަރއި ދަރުމަވަންތަ ސްކޫލުން އެންމެ ކުޅުންތެރިއަކު ނުބައިވީ އިރު ހަތަރު އޯވަރުގެތެރޭގައި 33 ލަނޑު ހަދާފައި ވެއެވެ.

އެ މެޗުގައި ތާޖުއްދީނުން އެންމެ ރަގަޅަށް ކުޅުނީ 8 ލަނޑުހެދި ނަފާއު އެވެ. ދަރުމަ ވަންތަ ސްކޫލްގެ އަލީ ސުނާން 4 އޯވަރު ހަ ލަނޑަށް ހަތަރު ވިކެޓްނެގާފައިވާ އިރު ސާމިލުއާއި ޖިނާހް، ކޮންމެ އުކުންތެރިއެއް ދެވިކެޓްނެގި އެވެ.

މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ޖަމާލުއްދީން ސްކޫލާއި ޣިޔާސުއްދީން ސްކޫލް އެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ 14:30ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު