ޕީޕީއެމް ޕްރައިމަރީ ބާތިލުކުރަން ހުށަހެޅި ފަރާތަށް ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހުކުމްކޮށްފި

ޕީޕީއެމް ޕްރައިމަރީގައި މަކަރާއި ހީލަތް ހަދައި ވޯޓު އޮޅުވާލިކަމަށް ބުނެ އެ ޕްރައިމަރީ ބާތިލުކޮށްދިނުމަށް މައްސަލަ ހުށަހެޅި، ޕީޕީއެމްގެ މެދުހެންވޭރު ދާއިރާގެ ރައީސާ ރަހުމާ މޫސާއަށް އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ރަހުމާގެ މުޅި ދައުވާގެ އެދޭކަންކަން ބިނާވެގެން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ހައްގާ ގުޅިގެން ކަމަށް ވާއިރު ރަހުމާ އަކީ އެފަދަ ކެނޑިޑޭޓެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު ދައުވާ ބިނާކޮށްފައިވާގޮތަށް ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު ރަހުމާ އަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ސަން އަށް މައުލޫމަތުދެއްވަމުން ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވީ ކޯޓުން އެގޮތަށް ހުކުމް ކޮށްފައިވާތީ އާދީއްތަ ދުވަހު އޭނާގެ އަމިއްލަ ނަމުގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު