މިރޭގެ ޖަލްސާގައި އުމަރު ބައިވެރިއެއް ނުވާނެ: މާޒް ސަލީމް

ޕީޕީއެމް އިން މިރޭ ބާއްވާ ޖަލްސާގައި އުމަރު ނަސީރު ބައިވެރިނުވާނެ ކަމަށް އުމަރު ޓީމުން ބުނެފި އެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި އުމަރުގެ ކެންޕޭން މެނޭޖަރުގެ ގޮތުގައި ވެސް އުޅުއްވި އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މިރޭގެ ޖަލްސާގައި އުމަރު ބައިވެރިނުވާން ނިންމީ ރޭ އުމަރު ބޭއްވި ޖަލްސާ އަށް ޔާމީންގެ ޓީމުން ހުރަސް އަޅަން މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ރޭގެ ޖަލްސާ ހުއްޓުވަން ޔާމީންގެ ޓީމުން މަސައްކަތް ކޮށްފައި ވަނީ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔަބު ވިޔަސް ސަޕޯޓަރުންނާ ބައްދަލުކުރުމަށް ޖަލްސާ ބޭއްވުމަކީ އަސާސީ ގަވާއިދުގެ ދަށުން ލިބިގެންވާ ހައްގެއް ކަމަށް ވެސް ސަމީލް ވިދާޅުވި އެވެ.

ރޭ އުމަރު ބޭއްވި ޖަލްސާ އަކީ ޕީޕީއެމް ހަލާކުކޮށްލުމަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ ޔާމީންގެ ޓީމުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުން ގެންދާ ކަމަށާއި ނާކަމިޔަބު ވުމުން ސަޕޯޓަރުންނާ ބައްދަލު ކުރުމުގެ ފުރުސަތު އުމަރަށް އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު