ގާސިމް ޖޭއެސްސީ އިން ވަކިކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރެއްވުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ގާސިމް ޖޭއެސްސީގެ މެންބަރުކަމުން ވަކިކުރެއްވުމުގެ މައްސަލަ އެ ޕާޓީން މަޖިލީހަށް ހުށަހެޅީ މިއަދު ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމަކީ ޖުމްހޫރީ ޕާޓީގެ ރައިޔާސީ ކެންޑިޑޭޓަށްވާ އިރު އެމަނިކުފާނު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީ ކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކަށް ގާސިމް ނުފޫޒު ފޯރުވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒު ވިދާޅުވީ ތަފާތު އެކި އިލްޒާމްތައް ގާސިމްގެ ބޮލުގައި އެޅުވުމަށް ފަހު ޖޭއެސްސީގެ މެންބަރުކަމުން ގާސިމް ވަކިކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަނީ އެމަނިކުފާނުގެ އަބުރާއި އިއްޒަތް ނަގާލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ގާސިމް ބަދުނާމުވާ ގޮތަށް އެމްޑީޕީން ވާހަކަ ދައްކަމުން ގެންދަނީ އެމަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ އެންމެ ތާއީދު އޮތް ބޭފުޅާ ކަމަށްވާތީ އެކަމާ ޖެހިލުންވާތީ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު