އަބްދުﷲ އަބްދުއްރަހީމް މަޖިލީހުގައި ދެއްކި ވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ގުޅޭގޮތުން އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް މަޖިލީހުގެ ޖަލްސާގައި ދެއްކިވާހަކަތައް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރުގެ ކެންޕޭނަށް ގާސިމް ޚަރަދުކުރައްވާކަމަށް ވިދާޅުވެ އަބްދުﷲ އަބްދުއްރަހީމް އިއްޔެ މަޖިލީހުގައި ދެއްކި ވާހަކައަކީ ގާސިމްގެ އަގުވެއްޓޭގޮތަށް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ދައްކާފައިވާ ވާހަކައެއް ކަމަށެވެ.

އަބްދުﷲ އަބްދުއްރަހީމްގެ އެވާހަކަތަކާ މެދު ހިތާމަ ކޮށް އެ އަމަލު ކުށްވެރި ކުރާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެއްވެސް އިރެއްގައި އެއްވެސް ޕާޓީއެއްގެ ތެރޭގައި ހަމަނުޖެހުމެއް އުފެއްދުމަށް އެހީތެރިވެދޭނެ ބޭފުޅެއް ނޫންކަމަށް ވެސް އެ އިއުލާންގައި ބުނެފައި ވެއެވެ. އަދި އެފަދަ ތުހުމަތުތަކެއް ޕާޓީގެ ލީޑަރު ގާސިމްގެ އިސްތަށިފުޅުގައި އެޅުވުމަށް އެއްވެސް ބޭފުޅަކު މަސައްކަތް ކުރެއްވުމަކީ އެބޭފުޅެއްގެ ޒިންމާދާރުކަން ކުޑަކަން ދޭހަވާކަމެއް ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

އެ އިއުލާންގައި ބުނެފައި ވަނީ ރައީސް ޑރ. ވަހީދުގެ ސަރުކާރުގެ ލެޖިޓިމަސީއާ ބެހޭގޮތުން ސުވާލުއުފެދޭފޮތަށް އަބްދުﷲ އަބްދުއްރަހީމް އިއްޔެގެ ޖަލްސާގައި ދައްކާފައިވާ ވާހަކަތަކަކީ ޖުމްހޫރީ ޕާޓީގެ ނިންމުމެއް ނޫންކަމަށާއި އެ ތުހުމަތުތަކަކީ އޭނާގެ އަމިއްލަ ފިކުރުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު