ޕްރައިމަރީގައި ވާދަކުރެއްވުމަށް އުމަރު ނަސީރު ފޯމް ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބް ރައީސް އުމަރު ނަސީރު ކުރިމަތިލައްވައިފި އެވެ.

ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ކުރިމަތިލެއްވުމަށް ހުށަހަޅަން ޖެހޭ ފޯމް ޕީޕީއެމްގެ އޮފީހަށް އުމަރު ހުށަހެޅުއްވީ މިއަދު ހަވީރު 3:15 އެހަކައިންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އުމަރު މިއަދު ފޯމް ހުށަހަޅާފައިވާ އިރު އޭނާގެ ކެމްޕޭންގެ ކަންތައް ކުރިއަށް ގެންދާނެ ގޮތް މިހާރު ޕްލޭން ކޮށްފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ އެކި ރަށްތަކަށް ކެމްޕެއިން ދަތުރުތަކުގައި އުމަރު ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމަރުގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވަން ކެމްޕެއިން ކުރައްވަމުން ގެންދަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ނަމަވެސް އޭނާ ޕްރައިމަރީ އަށް ކުރިމަތިލެއްވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު