ކަރަންޓް ކެނޑުނު ސަރަހައްދަށް ކަރަންޓްދީފި

ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު 9:30 ކަންހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިގެން ގޮސްފައިވާއިރު އޭގެ 45 މިނެޓް ފަހުން އަނބުރާ ކަރަންޓް ދީފި އެވެ.

ސުޓެލްކޯގެ އިންޖިނިއާ އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ ސުޓެލްކޯގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި ވީނަމަވެސް މިހާރު އަނބުރާ ކަރަންޓް ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ އަނބުރާ ކަރަންޓް ދީފައި، ކަރަންޓް ކެނޑުނީ ބޮޑު އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން." ރައޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި އެ މައްސަލައިގެ ސަބަބުން މާލޭގެ ހަތަރުބައިކުޅަ އެއްބައިން ކަރަންޓް ކެނޑުނު ކަމަށާއި އެ ވަގުތުން ފެށިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސުޓެލްކޯގެ އިންޖީނިއަރުން ފެށި ކަމަށާއި އޭގެ 45 މިނެޓް ފަހުން މިހާރު މާލޭގެ ހުރިހާ ހިސާބަކަށް ވެސް ކަރަންޓުގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.

ސުޓެލްކޯގެ އިންޖީނަށް ދިމާވި މައްސަލައާއި ގުޅިގެން ވަނީ މާލޭގެ ހަތަރު އަވަށުގެ އެކި ހިސާބްތަކުން ކަރަންޓް ކެނޑިގެންގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު