އިޤްތިސާދުގެ ދާއިރާގެ ނޮބެލް އިނާމް އެމެރިކާގެ ދެ ތަޖްރިބާކާރަކަށް!

ސްޓޮކްހޮމް (އޮކްޓޯބަރ 16): އިޤްތިސާދުގެ ދާއިރާ އިން ނޮބެލް އިނާމަށް އިޤްތިސާދީ ޢިލްމާބެހޭ އެމެރިކާގެ ދެ ތަޖްރިބާކާރެއް ކަމަށްވާ އެލްވިން ރުތް އާއި ވްލިޑް ޝިބްލް ހޮވިއްޖެ އެވެ.

ނޮބެލް އިނާމު ދިނުމުގެ ކަންތައް އިންތިޒާމްކުރާ ސްވިޑިޝް ރޮޔަލް އެކަޑަމީ ފޯ ސައެންސް ބުނީ އިޤްތިސާދާ ބެހޭ ނޮބެލް އިނާމަށް ލިބޭ އަށް މިލިޔަން ސްވިޑިޝް ކްރާވްން (1.2 މިލިޔަން އެމެރިކާ ޑޮލަރު) މި ދެ ބޭފުޅުންނަށް ހަމަހަމައަށް ބަހާލެވޭނެ ކަމުގަ އެވެ. މި ދެ ބޭފުޅުން މި އިނާމަށް ހޮވުނީ އިޤްތިސާދީ ގުޅުންތައް އޮންނަން ޖެހޭ ފަރާތްތަކުގެ މެދުގައި މިގުޅުންތައް ބާއްވާނެ ގޮތް އަޅައިކިޔުމާ ބެހޭ ދިރާސާއެއްކޮށް ކަމާ ބެހޭ ނަޒަރިއްޔާއެއް ވުޖޫދަށް ގެނައުމުގައި ކުރައްވާފައިވާ މަސައްކަތުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހުގަ އެވެ.

މި އިނާމަށް ހޮވުނު އެމެރިކާގެ މި ދެ ބޭފުން ވެސް ވަނީ މިކަމާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވެ ފައެވެ. އިޤްތިސާދުގެ ދާއިރާއިން ނޮބެލް އިނާމް ތަޢާރަފްކުރީ 1968 ގައެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު