އަލަމްގީރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން، މުއްދަތެއް ނެތް ގޮތަށް ޑީޕޯޓުކޮށްލައިފި

ބަންގްލަދޭޝްގެ އަލަމްގީރު: އޭނާ ވަނީ ފޮނުވައިލައިފައި

އެއް ޖިންސުން ގުޅުން ހިންގައި ވީޑިއޯކުރި މައްސަލައިގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން އަނބުރާ ފޮނުވައިލައިފިއެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް 'ސަން'އަށް އެކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އޮފިޝަލް ވިދާޅުވީ އަލަމްގީރު އަނބުރާ ފޮނުވާލީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ފޮނުވައިލީ މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އަލަމްގީރުގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ފޮނުވައިލުމަށް އެދި އިމިގްރޭޝަނާ ހަވާލުކުރީ ކަރެކްޝަންސްއިންނެވެ. ނަމަވެސް ހަވާލުކުރި ތާރީޚެއް ނޭނގެއެވެ.

އެއް ޖިންސުން ގުޅުން ހިންގައި އޮރިޔާން ކާޑު ހެދުމުގެ 46 ދައުވާއެއް ސާބިތުވެ، އަލަމްގީރު ތިން އަހަރާއި ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ނޮވެންބަރު 2022ގައި ވަނީ ހުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާތަކަކަށް ވެސް ކޯޓުގައި ވަނީ އިއުތިރާފުވެފައެވެ.

އަދި އޭނާއާ އެކު އެ ހުތުރު އަމަލު ހިންގި އެހެން ބައެއް މީހުން ވެސް ވަނީ ކުށަށް އިއުތިރާފްވެ ކުދި އަދަބުތަކެއް ލިބިގަތުމަށް އެއްބަސްވެ ހުކުމް ތަންފީޒު ވެސް ކޮށްފައެވެ. އެ އަމަލުތައް ހިންގި ދިވެހީންގެ ތެރޭގައި އާއްމުންގެ ތެރޭގައި އެކި ރޮނގުރޮނގުން ވަރަށް މަގުބޫލު މީހުން ވެސް ހިމެނެއެވެ.

comment ކޮމެންޓް