ގެލެކްސީ ޒީ ފޯލްޑް 9ގައި ސްކްރީންގެ އަޑީގައި ފޮރުވިފައި ހުންނަ ކެމެރާ އަލުން ހިމަނަނީ

ސެމްސަންގް ކުންފުނިން ދެން ނެރުމަށް ތައްޔާރުވަމުންދާ ފަށްޖެހޭ ފޯނު ކަމަށްވާ "ގެލެކްސީ ޒީ ފޯލްޑް 9" ގެ އެތެރޭ ޑިސްޕްލޭގައި، ސްކްރީންގެ އަޑީގައި ފޮރުވިފައި ހުންނަ ކެމެރާ (އަންޑަ-ޑިސްޕްލޭ ކެމެރާ) އަލުން ހިމަނާނެ ކަމަށް ލީކުވެފައިވާ މައުލޫމާތުތަކުން ދައްކައިފިއެވެ.

ސެމްސަންގްއިން މި ޓެކްނޮލޮޖީ ވަނީ ގެލެކްސީ ޒީ ފޯލްޑް 7 އަދި މި އަހަރު ނެރުނު ފޯލްޑް 8 ސީރީޒްގައި ކެމެރާގެ ކޮލިޓީ ދަށްވުމުގެ ސަބަބުން ދޫކޮށްލާފައެވެ. ނަމަވެސް އައު މޮޑެލްގައި މި ފީޗާ އަލުން ގެންނަން ނިންމާފައިވާއިރު، "ގެލެކްސީ ޒީ ފޯލްޑް 9" އަދި "ގެލެކްސީ ޒީ ފޯލްޑް 9 އަލްޓްރާ" މިހާރު ވަނީ އައި.އެމް.އީ.އައި ޑޭޓާބޭސްގައިވެސް ލިސްޓުކޮށްފައެވެ.

ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ "އެންޑްރޮއިޑް ޓްރެޒާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑޭޓާބޭސްއިން ފެނިފައިވާ މި ދެ ފޯނުގެ މޮޑެލް ނަންބަރުތަކަކީ އެސް.އެމް-އެފް986ޔޫ އަދި އެސް.އެމް-އެފް981ޔޫ އެވެ. މިއީ އެމެރިކާގެ މާކެޓަށް ނެރޭ ގެލެކްސީ ޒީ ފޯލްޑް 9 އަލްޓްރާ އަދި ފުޅާކޮށް ފަށްޖެހޭ ގެލެކްސީ ޒީ ފޯލްޑް 9 ގެ މޮޑެލް ނަންބަރުތައް ކަމަށް ބެލެވެއެވެ. މި ދެ ފޯނު ޑޭޓާބޭސްގައި ހިމެނިފައިވަނީ ކިއު9 އަދި އެޗް9 މި ކޯޑްނަންތަކުގެ ދަށުންނެވެ.

މި އަހަރުގެ ކުރީކޮޅު ސެމްސަންގް އިން ވަނީ ގެލެކްސީ ޒީ ފޯލްޑް 8 އަދި ފޯލްޑް 8 އަލްޓްރާ ދުނިޔޭގެ ބާޒާރަށް ނެރެފައި ---

މި ރިޕޯޓްތަކުން އެނގޭ ގޮތުގައި ސެމްސަންގްގެ މި އައު ފޯނުތައް ރަސްމީކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މީގެ އިތުރުން ކިއު9 ކޯޑްނަމުގެ ދަށުން ދެ މޮޑެލެއް ފެނިފައިވާއިރު، އޭގެ ތެރެއިން އެއް މޮޑެލަކީ ސެމްސަންގްގެ އައު ގެލެކްސީ ޒީ ޓްރައިފޯލްޑް ކަމަށްވެސް ލަފާކުރެވެއެވެ.

ކެމެރާގެ އިތުރު ތަފްސީލުތަކަށް ބަލާއިރު، ގެލެކްސީ ޒީ ފޯލްޑް 9 އަލްޓްރާގައި ހިމެނޭނީ ފޯލްޑް 8 އަލްޓްރާގައިވެސް ބޭނުންކޮށްފައިވާ ފަދަ ތިން ކެމެރާގެ ސިސްޓަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ 200 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއްގެ އިތުރުން 10 މެގަޕިކްސެލްގެ ޓެލެފޮޓޯ ސެންސަރެކެވެ.

މި އަހަރުގެ ކުރީކޮޅު ސެމްސަންގް އިން ވަނީ ގެލެކްސީ ޒީ ފޯލްޑް 8 އަދި ފޯލްޑް 8 އަލްޓްރާ ދުނިޔޭގެ ބާޒާރަށް ނެރެފައެވެ. ނަމަވެސް 2027 ގައި ނެރޭނެ ކަމަށް ބެލެވޭ ފޯލްޑް 9 ސީރީޒްއާ ގުޅޭގޮތުން ސެމްސަންގް އިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް