އަންނަ ރޯދަ މަހާ ދިމާކޮށް، ގަވިންގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގައި ބަދިގެ ސެޓެއް، 64،000 ރުފިޔާއަށް ލިބޭއިރު، 66،000 ރުފިޔާގެ އާ ދެ ޕެކޭޖެއް ގަވިންގައި ވަނީ ތައާރަފުކޮށްފައެވެ.
"ރަމަޒާން ވާމް އަޕް"ގެ ގޮތުގައި، ތައާރަފުކުރި މި ޕެކޭޖުގައި ފޯސެޓާއި ހުޑާއި އުނދުން އަދި ސިންކު ހިމެނެއެވެ.
ގަވިން އިން ބުނި ގޮތުގައި، މިއީ ރޯދައަށް ގޭގެ ބަދިގެ އާކޮށްލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެކެވެ.
ލޯންޑްރީ ކެބިނެޓް ވޮޝާ، ޑްރައިޔާ މެޝިނާއެކު 12،500 ރުފިޔާއަށް މި ޕްރޮމޯޝަނުގައި ލިބެނެއެވެ. އަދި، އައިސްއަލަމާރިއަކާއި ކެބިނެޓަކާއެކު، ޖުމުލަ ދައްކަން ޖެހެނީ، 15،000 ރުފިޔާ ކަމަށް ގަވިންއިން ބުންޏެވެ.
ގަވިންއިން ވަނީ، މިއީ ރޯދަ މަހުގެ ވާމް އަޕް ސޭލެއް ކަމަށް ބުނެފައެވެ.
ގަވިން ފިހާރައިގެ އައުޓްލެޓްތައް ހުންނަނީ ހުޅުމާލޭ ރީތިގަސް މަގު، މާލޭ މަޖީދީ މަގު (ސްޓާ ރެސްޓް ކުރިމަތި) އަދި ބޮޑުތަކުރުފާނު މަގު (އެމްޕީއެލް ކައިރި) ގައެވެ.
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް މި ފިހާރަތައް ހުޅުވިފައި ހުންނާނެއެވެ.