އޭޝިއާ ޕެސިފިކް އެކްޝަން އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު (އޭއޭއޭއެޗް) އެވޯޑު ހެލްތު މިނިސްޓްރީއަށް ލިިބިއްޖެއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑު ލިބުނީ، އިންޑޮނޭޝިއާގެ ބާލީގައި ކުރިޔަށް ގެންދިޔަ އޭޝިއާ ޕެސިފިކް އެލަޔަންސް އޮން ހިއުމަން ރިސޯސަސް ފޯ ހެލްތުގެ 14 ވަނަ ކޮންފަރެންސްގައެވެ. އެގޮތުން، މި އެވޯޑާ ހަވާލުވެވަޑައިގަތީ، ހެލްތު ސާވިސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހުމަދު އަޝްރަފެވެ.
މި އެވޯޑު ލިބުނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)އާ ގުޅިގެން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ޝަރަފުވެރި ކާމިޔާބީއަކީ ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފުރިހަމަ ސިއްހީ ޚިދުމަތް ކަށަވަރުކޮށްދިނުމަށް މެދުކެނޑުމެއްނެތި ކުރާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް މިދިޔަ އަހަރުގެ މެއި 29ގައި ވަނީ ލިބިވަޑައިގެންފައެވެ.