އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިންތިޒާމުކުރާ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސް މިއަދު ފަށައިފިއެވެ.
ދެ ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސަކީ، ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން، ދާއިރާގެ އިސްވެރިންނާއި ތަޖުރިބާކާރުންނާއި ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުން އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމަށް ބާއްވާ ހަރަކާތެކެވެ.
މި ހަކަރާތް ފެށުމަށް ހިތަދޫ ހައި ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސް އޮފީހުގެ ޓާޝަރީ ހެލްތު ސާވިސަސްގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ތޮލާލެވެ.
އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ/ އޭއީއެޗްމީގެއިތުރުން، އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހުމަދު އަދީލް ނަސީރާއި މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ކޮންފަރެންސް ބާއްވަނީ، 'މަސައްކަތުގެ މާހައުލު ރައްކާތެރި އަދި ދުޅަހެޔޮ ތަނަކަށް ހެދުމާއި އާ ސިނާއަތްތަކަށް ރައްކާތެރި މިންގަނޑުތަކެއް ކަނޑައެޅުން' މި ޝިއާރަށް އަމާޒުކޮށްގެނެވެ.
މި ކޮންފަރެންސްގައި އެކި ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް 100އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން އިންތިޒާމު ކުރާ މި ހަރަކާތް ބާއްވަނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެންނެވެ.