ނޮވެންބަރު ތިނެއްގައި ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް އައްޑަނަ

ނޮވެންބަރު ތިނެއްގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ސާޖަންޓް ރިޓަޔާޑް ހުސައިން މަނިކަށް އައްޑަނަ އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

ނޮވެންބަރު ތިނެއް، 1988ގައި ދުޝްމަނުންގެ އުދުވާނީ ހަމަލާތަކާ ކުރިމަތިލުމަށް ރެކީ ޕެޓްރޯލަށް ސިފައިން ގެއިން ނިކުމެވަޑައިގެންނެވި ފަސް ބޭފުޅަކަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އައްޑަނަ ހަވާލުކޮށްދެއްވައިފިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އައްޑަނަ އެރުވީ، ރެކީ ޕެޓްރޯލަށް ނުކުމެވަޑައިގެން ނުވަ ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ފަސް ބޭފުޅުންނަށެވެ. އޭގެ ތެރެއިން ޝަހީދުވި ތިން ސިފައިންނާއި އާންމުންގެ ހަނދާނަށް މިދިޔަ އަހަރު ވަނީ އައްޑަނަ އަރުވާފައެވެ.

މިރޭގެ ޖަލްސާގައި ފަސް ބޭފުޅަކަށް އައްޑަނަ އެރުވީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމާލާގައި ސިފައިން ގެއިން ހަނގުރާމައަށް ނިކުމެވަޑައިގެން، އަމިއްލައަށް ފުރާނައަށް ބެއްލެވުމެއް ނެތި، ގައުމުގެ ދިފާއުގައި ހިތްވަރާއި ނަމޫނާ ދެއްކެވީތީއެވެ.

ނޮވެންބަރު ތިނެއްގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ލާންސް ކޯޕަރަލް ރިޓަޔާޑް އަބްދުﷲ މުފީދަށް އައްޑަނަ އެރުވުމުން އާއިލާއާއި ރައީސް މުއިއްޒާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ/ ރައީސް އޮފީސް

އެ ބޭފުޅުންނަށް އެރުވި އައްޑަނަ ފަރުމާކޮށްދެއްވީ، ސިފައިންގެއިން ރިޓަޔާކުރައްވާފައިވާ އަދި، ރައީސް އޮފީހުގެ ޑިޒައިން ކޮންސަލްޓަންޓް އަބްދުލް މަތީން އަހުމަދެވެ.

އެ ބޭފުޅުންނަކީ:

  • ސާޖަންޓް ފަސްޓް ކްލާސް ރިޓަޔާޑް އިބްރާހިމް ޝަރީފް
  • ސްޓާފް ސާޖަންޓް ރިޓަޔާޑް ހުސައިން އަލީ (ފުއްކަފަ ދޮންތުއްތު)
  • ސާޖަންޓް ރިޓަޔާޑް ހުސައިން މަނިކު
  • ކޯޕަރަލް ރިޓަޔާޑް އަބްދުﷲ ނަސީމް
  • ލާންސް ކޯޕަރަލް ރިޓަޔާޑް އަބްދުﷲ މުފީދު

https://sun.mv/198717

އެ ބޭފުޅުންނާއެކު، ރެކީ ޕެޓްރޯލުގެ ކޮމާންޑަރަކަށް ހުންނެވި ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް ނޮވެންބަރު ތިނެއް، 2024ގައި ވަނީ އަރުވާފައެވެ.

comment ކޮމެންޓް