ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ އަކީ ހިތްފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އާއްމުންގެ ހިޔާލު ހުށައެޅުމަށް، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) ހުޅުވާލައިފި.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ނަމަވެސް ސްޓެލްކޯއިން، ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ސަރަހައްދުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ މިފަހުން އެކި ފަހަރު ވަނީ ކުރިމަތިވެފައެވެ. ބައެއް ފަހަރު މަގު ކޮނުމުގެ ސަބަބުން ކަރަންޓު ކޭބަލެއް ބުރިވެގެން ވެސް ގިނަ އިރުތަކަކަށް ކަރަންޓު ކެނޑުނު މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ.

ގުޅޭ ޓެގު
comment ކޮމެންޓް