އެޕަލް ކުންފުނީގެ އެންމެ ފަހުގެ އެއް އުފެއްދުން ކަމުގައިވާ އައިޕެޑް މިނީ، 8.5 އިންޗީގެ އޯލެޑް ޑިސްޕްލޭއަކާއި އޭ20 ޕްރޯ ޗިޕްއާއެކު ތައާރަފުކޮށްފިއެވެ.
ކުރީގެ މޮޑެލްތަކަށްވުރެ، ތުނިކޮށް ނެރެފައިވާ މި ސީރީޒްގެ ވައިފައި މޮޑެލްގެ އަގު އުޅެނީ 699 އެމެރިކާ ޑޮލަރުގައެވެ. އަދި ވައިފައިއާއި ސެލިއުލާ މޮޑެލްގެ އަގަކީ 849 އެމެރިކާ ޑޮލަރެވެ.
އެޕަލްގެ މި އައު ޑިވައިސް ތައާރަފުކޮށްފައި ވަނީ މި ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، "ޕްރޯ އެންޑް ޓެލް" ހަރަކާތުގެ ދެ ދުވަސް ކުރިންނެވެ.
މި އައު އައިޕެޑް މިނީގެ ބޯމިނުގައި ހުންނަނީ 5.4 މިލިމީޓަރެވެ. އަދި މި ޑިވައިސް ދެ ކުލައަކުން ލިބެން ހުންނާނެއެވެ.
ސުޕަ ރެޓިނާ އެކްސްޑީއާރު އޯލެޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ޑިސްޕްލޭއިން ޕިކްސެލް-ލެވެލްގެ އަލި ކޮންޓްރޯލް ކުރެވޭއިރު، ކަޅުކުލަ އިތުރަށް ގަދަކޮށް އަދި ޕީ3 ވައިޑް ކަލާ ގޭމަޓްގެ އެހީގައި ކުލަތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. މި ޑިސްޕްލޭގެ ޕީކް ބްރައިޓްނެސް 1,200 ނިޓްސްއަށް އަރާއިރު، މިއީ ކުރީގެ މޮޑެލްއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
އައިޕެޑް މިނީގައި "އެކޫސްޓިކް ޑިސްޕްލޭ" ޓެކްނޮލޮޖީ ވަނީ ހިމަނާފައި ---މީގެ އިތުރުން އެސްޑީއާރު އަދި އެޗްޑީއާރު ކޮންޓެންޓަށް ފުލް ސްކްރީން ބްރައިޓްނެސްގެ ގޮތުގައި 600 ނިޓްސް އަދި 2 މިލިއަން ކޮންޓްރާސްޓް ރޭޝިއޯއެއް ލިބިގެންވެއެވެ. އެޕަލްއިން ބުނާ ގޮތުގައި މި ޑިވައިސްއަކީ އަލި މަޑު މާހައުލުތަކުގައި ބޭނުންކުރުމަށް ވަރަށް އެކަށީގެންވާ އެއްޗެކެވެ.
އައިޕެޑް ޕްރޯގައި ވެސް ހިމެނޭ ފަދައިން، ގަދަ އަލީގެ މާހައުލުތަކުގައި ސްކްރީނުން އަލި އެޅުން ކުޑަކޮށްދޭ ނެނޯ-ޓެކްސްޗާ ޑިސްޕްލޭ އޮޕްޝަންވެސް މި އައު އައިޕެޑް މިނީގައި ހިމެނެއެވެ. އަދި މީގައި 12 މެގަޕިކްސެލްގެ ސެންޓާ ސްޓޭޖް ފްރަންޓް ކެމެރާއަކާއި، ސެލިއުލާ ކަނެކްޓިވިޓީގެ އިތުރުން ފާސްޓް-ޗާޖިން ސަޕޯޓް ހިމެނެއެވެ.
މީގެއިތުރުން، ގޭމް ކުޅުމާއި، ވީޑިއޯ ބެލުމާއި، ކޮންޓެންޓް އެޑިޓްކުރާއިރު އަޑުގެ ފެންވަރު ރަނގަޅުކޮށްދިނުމަށް "އެކޫސްޓިކް ޑިސްޕްލޭ" ޓެކްނޮލޮޖީ ވަނީ ހިމަނާފައެވެ. ޑިސްޕްލޭގެ އެތެރޭގައި ޚާއްޞަކޮށް ފަރުމާކޮށްފައިވާ ވޫފާތަކުގެ ސަބަބުން އިތުރަށް ބޭސް ގަދަވެ، އަޑު ބާރުވެ، މުއްސަނދި އަޑެއް އިވިގެންދާނެކަމަށް އެޕަލްއިން ބުނެއެވެ.
މި އައު އައިޕެޑް މިނީ ނެރެނީ ސެކަންޑް ޖެނެރޭޝަންގެ އެޕަލް އިންޓެލިޖެންސް އަދި ސިރީ އޭއައިއާއެކުގައެވެ. މި ސިސްޓަމުން، ބޭނުންކުރާ މީހާގެ އަމިއްލަ މާހައުލާއި ސްކްރީނުގައިވާ އެއްޗެހި ދެނެގަނެ، ބޭނުންވާ ކަންކަން ހޯދައިދިނުމާއި ސުވާލުތަކަށް ޖަވާބުދިނުމުގައި އެހީތެރިވެދޭނެއެވެ.
މީގެ އިތުރުން ކޮންމެ ކޯއެއްގައި ނިއުރަލް އެކްސެލެރޭޓާތައް ހިމެނޭ 7-ކޯ ޖީޕީޔޫ އެއް ހިމެނޭތީ، ކުރީގެ މޮޑެލްއަށްވުރެ އޭއައި ޕާފޯމަންސް 4.5 ގުނަ އަވަސްވާނެއެވެ. އޭ20 ޕްރޯ ޗިޕްގައި ހިމެނޭ 6-ކޯ ސީޕީޔޫގެ ސަބަބުން ފޮޓޯ އެޑިޓްކުރުމާއި މަލްޓިޓާސްކް ކުރުން ފަދަ އާންމު މަސައްކަތްތަކުގައި މަލްޓިތުރެޑެޑް ޕާފޯމަންސް 60 އިންސައްތައަށް އަވަސްވާނެއެވެ.
މި އައު އައިޕެޑް މިނީއަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހު ހުޅުވާލާއިރު، އަންނަ މަހު ހަވަނަ ދުވަހުން ފެށިގެން ބާޒާރުން ލިބެން ހުންނާނެއެވެ.