ބަންގްލަދޭޝްގެ ރެސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ

ކޮކްސް ބާޒާރުގެ ރެސޯޓްގައި ހިނގި އަލިފާނުގެ ހާދިސާ

ކޮކްސްބާޒާރު (18 އޮކްޓޯބަރު 2026) : ބަންގްލަދޭޝްގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވެ، އިތުރު ބަޔަކު ފިހިއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ކޮކްސް ބާޒާރު ސަރަހައްދުގައި ލަކުޑިން ބިނާކޮށްފައިވާ ރިސޯޓެއްގައެވެ. މި ރިސޯޓް ހުންނަ ސަރަހައްދަކީ މަޝްހޫރު އިނާނީ ބީޗް ސަރަހައްދެވެ. މިއީ މިއީ ބަންގްލަދޭޝްގެ އާންމުންވެސް ވަރަށް ގިނައިން ދާ ތަނެއްކަމަށްވެއެވެ. މަރުވި 10 މީހުންގެ ތެރެއިން ހަ މީހުންނަކީ އެއްއާއިލާއެއްގެ މީހުންނެވެ.

ބަންގްލަދޭޝްގެ މީޑިއާ ބުނާގޮތުން އަލިފާންގަނޑު މި ރިސޯޓުގެ އިމާރާތަށް ފެތުރިގެން ދިޔައީ ވަރަށް ބާރުމިނެއްގައެވެ. އެއީ ލަކުޑިން ހަދާފައިވާ ތަނަކަށްވާތީއެވެ. މިތަނުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. މިކަން ތަހުގީގް ކުރުމަށްޓަކައި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާއިންވަނީ ކޮމިޓީއެއް އެކުލަވާލައިފައެވެ.

ތަހުގީގީ ޓީމް އާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގައި 10 މީހުން މަރުވެ އަދި އެތަށްބަޔަކު ފިހި ޒަޚަމްވީ އަލިފާންގަނޑު ފެތުރިގެންދިޔަ ބާރުމިނުގެ ސަބަބުންނާއި އެ ރެސޯޓް އިމާރާތްކޮށްފައިވާ ގޮތުންނެވެ. އެތަނަކީ ކުއްލި ހާލަތްތަކުގައި ފަސޭހައިން ނުކުމެވޭގޮތަށް ހުރިތަނެއްނޫންކަމަށް ވެއެވެ. މީގެއިތުރުން އަލިފާން ނިއްވުމުގެ ނިޒާމެއްވެސް އެތަނުގައި ނެތްކަމަށްވެއެވެ. މީގެއިތުރުން މިއީ ހުއްދަނެތި ހިންގަމުން ގެންދިޔަ ރެސޯޓެއްކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

ބަންގްލަދޭޝްގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި މިއިމާރާތާގުޅޭ މައްސަލަތަކަށް ބަލާއިރު މިއީ އިހުމާލުވަރަށް ބޮޑުމައްސަލައެއްކަމަށް ބެލެވެއެވެ. ތަހުގީގީ ޓީމުން އަލިފާން ހިފިގޮތް ދެނެގަތުމުގެ ކަންތައްބަލާއިރު އިހުމާލުވެފައވާ މިންވަރުވެސް ބަލާނެކަމަށާ އިހުމާލުވެފައވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ. ބަންގްލަދޭޝް އަކީ އަލިފާނުގެ ހާދިސާތައް ގިނަ އަދި އިމާރާތް ކުރުމުގެ އުސޫލުތަކާއި ކޯޑުތަކާ ޚިލާފަށް އެކަންކުރުމުގެ ރެކޯޑުވެސް މަތި ގައުމެކެވެ. ކޮކްސް ބާޒާރު ސަރަހައްދަކީ ބަންގްލަދޭޝްގައި ވަރަށް ބައިބޯ ސަރަހައްދެކެވެ. އަލިފާނުގެ މިހާދިސާއަށްފަހު މިސަރަހައްދުގައި ހިންގާ އެހެނިހެން ހޮޓާތަކާއި ރިސޯޓުތަކުގެ ސަލާމަތީ ކަންކަން ހުރިމިންވަރާމެދުވަނީ ކަންބޮޑުވުން އުފެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު