ހިފާފައިވާ ގުދުސް (15 އޮކްޓޯބަރު 2026): ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ހުޅުޖަހައި އެ މިސްކިތް އަންދާލައިފިއެވެ.
ފަލަސްތީނުގެ ރަސްމީ ރަސްމީ ނޫސްއެޖެންސީ "ވަފާ" ބުނެފައިވާ ގޮތުގައި، ޔަހޫދީ ވަޒަންވެރިން މި ޖަރީމާ ހިންގާފައިވަނީ މިއަދު ހެނދުނު ހުޅަނގު އައްސޭރީގެ މިޚްމާސް އަވަށަށް އަރައިގަނެ ހިންގި ޖަރީމާތަކެއްގައެވެ. މިޚްމާސް އަވަށުގެ މިސްކިތުގައި ހުޅުޖަހައި އަންދާލުމުގެ އިތުރުން ފަލަސްތީނު މީހުންގެ ދަނޑުތަކެއްގައިވެސް ޓެރަރިސްޓް ޔަހޫދީ ވަޒަންވެރިންވަނީ ހުޅު ނުވަތަ އަލިފާންޖަހައިފައެވެ. މީގެތެރޭގައި ޒައިތޫނި ދަނޑެއްވެސް ހިމެނެއެވެ. މިދަނޑުގައި ޒައިތޫނި ގަހުގެ އެތައް ސަތޭކަ ގަހެއްވެއެވެ.
ފަލަސްތީނުގެ ބިންތަކުގައި ޣައިރު ގާނޫނީ ގޮތުން އިސްރާއީލުވަނީ ދޮޅު މިލިޔަނަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރި ކުރުވައިފައެވެ. ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވަނީ ޔަހޫދީންގެ ނަމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އުޅެމުންދާ ޒަޔަނިސްޓް ފިކުރުގެ ހަރުކަށި މީހުންނެވެ. ބޭނުމަކީ ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ ގޮތުގައި މިހާރު އޮތް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ނުދިނުމެވެ. އަދި ފަލަސްތީނުގެ އަހުލުވެރިން އެ މީހުންގެ ވަޒަނުން ބޭރުކުރުމެވެ.
ޔަހޫދީ ވަޒަންވެރިންގެ މައިގަނޑު މަސައްކަތަކީ ހުޅަނގުއައްސޭރީގެ ރަށްތަކާއި އަވަށްތަކުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމެވެ. މީގެ ތެރޭގައި ފަލަސްތީނުގެ ދަނޑުވެރިންފަދަ އާންމުންނަށް ހަމަލާދީ އާންމުން މެރުމާއި އެމީހުންގެ ދަނޑުތަކާއި ގެދޮރާއި ވެހިކަލްފަދަ މުދައުތަކުގައި ހުޅުޖަހައި އެންދުމާއި މިސްކިތްތަކާއި ސްކޫލްތަކުގައި ބޮންހަރުކޮށް ގޮއްވުންފަދަ ޓެރަރިޒަމްގެ އަމަލުތައް ހިންގުމެވެ. ވަޒަންވެރިން މިކަންކުރަނީ އިސްރާއީލު ސިފައިންގެ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަމާއެކުގައެވެ. ބޭނުމަކީ ފަލަސްތީނުގެ ބިން ދޫކޮށްދިޔުމަށް އެހެން ގައުމުތަކަށް ހިޖުރަ ކުރުމަށް ފަލަސްތީނު މީހުންނަށް މަޖުބޫރު ކުރުވުމެވެ.
ޔަހޫދީ ޓެރަރިސްޓުން މިދިޔަ ޖުލައި މަހު ހުޅުޖަހައި އަންދާލި މިސްކިތެއް -- ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ޔަހޫދީން ވަޒަންވެރިން ހަތިޔާރާއެކު ވަދެގަނެ ފަލަސްތީނުގެ ކޮންމެވެސް ބަޔަކުގެ ގަޔަށް ބަޑިޖަހައެވެ. އަދި ގެދޮރު ހަލާކުކޮށް އަގުބޮޑުތަކެތި ވަގަށްނަގައި ކާރުފަދަ އަގުބޮޑު މުދަލަށާއި ތަކެއްޗަށް ގެއްލުންދެއެވެ. ކުޑަކުދިން ސްކޫލަށްދާއިރު އެ ކުދިންނަށް ބިރުދައްކައި ގޯނާކުރެއެވެ. އަންހެނުންނަށް ހަމަލާދެއެވެ. މިއަދުވެސް މިސްކިތާއި ދަނޑުތައް އަންދާލުމުގެ އިތުރުން ޔަހޫދީ ވަޒަންވެރިންވަނީ ހުޅަނގު އައްސޭރީގެ ނާބްލުސްގެ ދެކުނުގައި އޮންނަ އަވަށަކަށް ވަދެގަނެ ފަލަސްތީނުގެ ކުޑަކުދިންތަކަކަށް ބިރުދައްކައި އޭގެތެރެއިން ކުޑަކުއްޖެއްގެ އަތް ބިންދާލައި އިތުރުކުއްޖެއްގެ ބޯ ފަޅާލައިފައެވެ.
ޔަހޫދީންގެ އިސްތިއުމާރުގެ ޝިކާރައަކަށް ވެފައިވާ ފަލަސްތީނު ރައްޔިތުންނަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ދަނޑުވެރިކަމެވެ. ޔަހޫދީ ވަޒަންވެރިން މިދަނޑުތަކުގައި ހުޅުޖަހައި އަންދާލަނީ ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންނަށް މުސްތަގްބަލެއް ނެތްކަން ހާމަކޮށްދިނުމުގެ ގޮތުންކަމަށް ޔަހޫދީ ވަޒަންވެރިން ފާޅުގައި ބުނަމުން ގެންދެއެވެ. ޔަހޫދީ ވަޒަންވެރިން ފަލަސްތީނު ރައްޔިތުންނަށް ކޮންމެ އަނިޔާއެއްކުރިޔަސް އެމައްސަލަ ހުށަހެޅޭނެ ގޮތެއް އަދި ބެލޭނެ ގޮތެއް ނޯވެއެވެ. ސަބަބަކީ ވަޒަންވެރިންގެ ފަހަތުގައި އިސްރާއީލުގެ ސަރުކާރު އޮތުމެވެ.
މި މައްސަލައާމެދު އަޅާލާނެ އެއްވެސް ފަރާތެއް ފަލަސްތީނު މީހުންނަކަށް ނެތެވެ. ޔަހޫދީ ވަޒަންވެރިންގެ ޓެރަރިޒަމަށް އެމެރިކާ ލޯމަރާލައިގެން އޮންނައިރު ޔޫރަޕްގެ ގައުމުތަކުން ބައެއް ވަޒަންވެރިންނާ ދެކޮޅަށް ނަމެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކެއްވަނީ އަޅައިފައެވެ. އެއީ ވަޒަންވެރިން އުފައްދާ ތަކެތި ނުގަތުމެވެ. މިއިން ވަޒަންވެރިންނަށްވާ މާބޮޑުކަމެއް ނޯވެއެވެ. ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން އިސްރާއީލާ ދެކޮޅަށް އެނގުންވާވަރުގެ ނޫނީ އިސްރާއީލަށް ދަތިވާފަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ބޭނުންނަމަ އެޅިދާނެއެވެ. ނަމަވެސް މިކަންކުރުމަށް ޔޫރަޕްގެ ހުރިހާ ގައުމުތަކެއް ވަނީ ފަސްޖެހިފައެވެ.
ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މާޒް ވަނީ އިސްރާއީލަކީ ހުޅަނގުގެ ގައުމުތަކަށް ކުރަންނުކެރޭ ނުބައި އަދި މުޑުދާރު ކަންކަން ކުރުމަށް ހުޅަނގުން އުފައްދާފައިވާ އެންޓިޓީއެއް ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަގީގަތަށް އިއުތިރާފްވެ ވަޑައިގެންފައެވެ.