އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިން ގްރޫޕް ބީ ގައި މިއަދު ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު ބައިނަލްއަގުވާމީ ކްރިކެޓުން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯދައި، 2010 ވަނަ އަހަރުގެ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ތާރީހީ ޓީމުގައި ހިމެނުނު ހާޒިގަކީ، ވޭތުވެދިޔަ 16 އަހަރުދުވަހުގެ ތެރޭގައި ދިވެހި ކްރިކެޓްގެ އެންމެ އިތުބާރު އެއް ތަނބުގެ ގޮތުގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.
ހާޒިގުގެ ކެރިއަރުގެ ފަހު މެޗަށްފަހު މީޑިއާއާ ވާހަކަދައްކަނީ-- ހާޒިގުގެ މި އަގުހުރި ޚިދުމަތްތަކާ ގުޅޭގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ އިސްވެރިންނާއި ކޯޗުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން ސީބީއެމްގެ ރައީސް މުޙައްމަދު ފައިޞަލް ވިދާޅުވީ، ހާޒިގު ގައުމު ތަމްސީލުކޮށްދިނީ ނުހަނު އަޚުލާގު ރަނގަޅުކަމާއި ފަޚުރުވެރިކަމާއެކު ކަމަށެވެ. އަދި ނައިބު ރައީސް އަޙްމަދު އިސްހާގު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 16 އަހަރު އޭނާ ވެފައިވަނީ ގައުމީ ޓީމުގެ އެންމެ ވަފާތެރި އެއް ކުޅުންތެރިޔާއަށެވެ.
ބައިނަލްއަގުވާމީ މައިދާނުން ހާޒިގު ނުކުތް ނަމަވެސް، ސީބީއެލް ސްޕޯޓްސްގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މިހާރުވެސް 17 ތަށި ހޯދާފައިވާ އޭނާގެ ކާމިޔާބީތައް ކުރިއަށް އޮތް ތަނުގައިވެސް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިސީސީ މެންސް ޓީ20 ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރާއްޖޭގެ ކެޕްޓަން ހާޒިގު-- މީގެއިތުރުން، ޓީމުގެ ކޯޗު އިސްމާޢީލް ނިހާދު ވިދާޅުވީ ހާޒިގަކީ އަބަދުވެސް ޓީމުގެ އެންމެންނާ ގުޅޭ، މަރުހަބާ ކިޔާ މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި ކޯޗު އަޙްމަދު ނީޝާމް ސިފަކުރެއްވި ގޮތުގައި، ހާޒިގަކީ ހަމައެކަނި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއް ނޫނެވެ. އޭނާ ވަނީ ޓީމަށްޓަކައި ޝައުގުވެރިކަމާއި، ސާބިތުކަމާއި، އަދި އަމިއްލަ އެދުމެއްނެތް ބުރަ މަސައްކަތްތަކެއް ކޮށްދީފައެވެ.
ކެރިއަރުގެ މި ބާބު ނިންމާލާއިރު، ދިވެހި ކްރިކެޓަށް ކޮށްދިން އަގުނުކުރެވޭ ޚިދުމަތްތަކަށް ހާޒިގަށް އިޚުލާސްތެރި ޝުކުރާއި މަރުހަބާ ހައްގެވެ.