ދުނިޔޭގެ 67 ގައުމެއްގައި ހާހަކަށްވުރެ ގިނަ ޝޯރޫމް ހިންގަމުން އަންނަ، އަދި ފެންވަރު ރަނގަޅު ފަރުނީޗަރު ހެޔޮ އަގުގައި ފޯރުކޮށްދޭ "ލިންސީ"ގެ ޝޯރޫމެއް އެސްޓާސްއިން ހުޅުވައިފިއެވެ.
އެސްޓާސްއިން ބުނީ އެ ފިހާރައިގެ ފަސްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާގައި ހުޅުވި އެ ފިހާރައިން ވިއްކާ ފަރުނީޗަރުތަކުން ފުރަތަމަ 30 ދުވަހުގެ ނިޔަލަށް 20 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
މި ޝޯރޫމް ހުޅުވީ ފެންވަރު ރަނގަޅު، ޒަމާނީ ފަރުނީޗަރު އެކަށީގެންވާ ހެޔޮ އަގުތަކެއްގައި ދިވެހި އާއިލާތަކަށް ފޯރުކޮށްދިނުމަށް ކަމަށް އެސްޓާސްއިން ބުންޏެވެ.
އެސްޓާސްގެ ފަސްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާގައި ހުޅުވި ލިންސީ ޝޯރޫމް -- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲމި ޝޯރޫމް މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގެ ހުރިހާ ބަޔަކަށް ބޭނުންވާނެ ފަރުނީޗަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެސްޓާސްއިން ބުންޏެވެ. އޭގެ ތެރޭގައި ސޯފާސެޓާއި އެނދާއި ކާ މޭޒު ސެޓާއި އަލަމާރިއާއި ކުޑަކުދިންގެ ފަރުނީޗަރާއި އޮފީސް ފަރުނީޗަރު ހިމެނޭ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.
އެސްޓާސްގެ ޕްރޮޑަކްޓް މެނޭޖަރު ހޭޒަލް ވިދާޅުވީ ލިންޒީ ބްރޭންޑު ރާއްޖެއަށް ތައާރަފްކުރެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި، ކަސްޓަމަރުންނަށް މިހާރު މުޅި ގެދޮރު ފަރުމާކޮށްލެވޭނެ ހިތްގައިމު، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ފަރުނީޗަރު ލިބިގެންދާނެ ކަމަށެވެ.
އެސްޓާސްގެ ފަސްވަނަ ފަންގިފިލާއާއި ހަވަނަ ފަންގިފިލާގައި ހުޅުވި ލިންސީ ޝޯރޫމް --- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުﷲމީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން 2007ވަނަ އަހަރު ޗައިނާގައި ވުޖޫދުވި ލިންސީއަކީ ވޭތުވެދިޔަ 13 އަހަރު ދުވަހު މެދުނުކެނޑި ބޮޑެތި ކުރިއެރުންތަކެއް ހޯދައި އޭޝިއާގެ އެންމެ ނުފޫޒުގަދަ 500 ބްރޭންޑުގެ ތެރޭ ހިމެނިފައިވާ ކުންފުންޏެކެވެ. މިއަދު މި ބްރޭންޑުގެ އެއްހާހަށްވުރެ ގިނަ ޝޯރޫމްތައް ދުނިޔޭގެ 67 ގައުމަކާއި ސަރަޙައްދެއްގައި ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިއާއާއި ފިލިޕީންސާއި ބުރުނާއީއާއި ޕެނަމާއާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯ ފަދަ ގައުމުތައް ހިމެނެއެވެ.
އެސްޓާސްއަކީ ގޭތެރެއަށް ބޭނުންވާ ސާމާނާއި އިލެކްޓްރޯނިކްސް، ފަރުނީޗަރު އަދި ލައިފްސްޓައިލް އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް، ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކާ އެންމެ ކުރިއަރައިފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަގުބޫލު ގިނަ ބްރޭންޑުތަކެއް ރާއްޖޭގައި ތަމްސީލުކުރާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ފިނިކުރާ ނިޒާމުތަކާއި ހޯމް އެންޓަޓެއިންމަންޓާއި އޮފީސް އޮޓޯމޭޝަން ސާމާނު ވެސް ހިމެނެއެވެ.