ކ. އަތޮޅު ރިސޯޓެއްގައި މިއަދު މޫދަށް އެރިއުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން، ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިހާރު އެ ދެ މީހުންގެ ހާލު ވެސް ރަނގަޅެވެ.
ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި އުމުރުން 29 އަހަރުގެ އަންހެނެކެވެ.
ހާދިސާ ހިނގުމާއެކު އެމީހުން ވަގުތުން ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.