ޝައިޚް ފަރީދުގެ ހަނދާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް މިސްކިތެއް އަޅަނީ

ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް އެޅުމަށް މިއަދު ސޮއިކުރުން --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިދިޔަ އަހަރުގެ ޖޫން ނުވަވަނަ ވަނަ ދުވަހު އަވަހާރަވި ޝައިޚް އިބްރާހިމް ފަރީދުގެ ހަނދާނުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް، ޚިދުމަތް ޖަމިއްޔާއާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިއަދު ސޮއިކުރި ކަމަށް ބުނި ނަމަވެސް، މިސްކިތާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/207186

ޚިދުމަތް ޖަމިއްޔާގެ ޕޭޖުގައި އާންމުކުރި ވީޑިއޯއެއްގައި ޝައިޚް ފަރީދުގެ ދަރިކަލުން އަބްދުﷲ ފަރީދު ވިދާޅުވީ، އެ މިސްކިތް ވާނީ ދީނަށް ޓަކައި ކުރެވޭ އެތައް މަސައްކަތަކަށް ބޭނުންކުރެވޭނެ ތަނަކަށް ކަމަށެވެ.

ޝެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރައްވަނީ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި، ވަރަށް އަވަހަށް އެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެއެވެ. އަދި، މިސްކިތުގެ އަދާހަމަތައް ޚިދުމަތް ޖަމިއްޔާގެ ޕޭޖުތައް މެދުވެރިކޮށް ލިބޭނެ ކަމަށާއި އަދިވެސް އެ މިސްކިތަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކައުންޓު ނަމްބަރު: 7770000141496
އެކައުންޓު ނަން: ޚިދުމަތް

އޭނާ ވަނީ، އެ މިސްކިތް އެޅުމަށް އެހީތެރިވި ހުރިހާ އެންމެނަށް ޝުކުރު ދަންނަވާފައެވެ.

ކުއްލި ގޮތަކަށް ފަރީދު އަވަހާރަވީ މިދިޔަ ޖޫން ނުވައެއްގައި މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މެލޭޝިއާއަށް ފަރީދު ވަޑައިގަތީ އިސްލާމީ ދައުވަތާ ގުޅުންހުރި ކޮންފަރެންސެއްްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޚިދުމަތް ޖަމިއްޔާއިން ވަނީ، ފަރީދުގެ ހަނދާނުގައި 455 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް ބަންގްލަދޭޝްފައި ވެސް ހުޅުވާފައެވެ. އެ މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ، މިސްކިތް އަޅަން ހޭދަވާނެކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވިއެވެ.

comment ކޮމެންޓް